ރައީސް ޞާލިހުގެ އުންމީދުން ފުރިގެންވާ ރިޔާސީ ބަޔާން މޯލްޑިވްސް ތާރޑްވޭ ޑިމޮކްރޭޓްސް (އެމްޓީޑިީ) އިން ބަލައިގެންފިއެވެ.
އެ ޕާޓީން ކޮށްފައިވާ ޓްވީޓެއް ގައި ބުނެފައިވަނީ ރައީސް ޞާލިހުގެ އުންމީދުން ފުރިގެންވާ ރިޔާސީ ބަޔާން އެމްޓީޑިީއިން ބަލައި ގަންނަ ކަމަށާއި ޖުމްލަކޮށް މިއަދު ހުރިހާ ދިވެހި ރައްޔިތުންނަށް ތިޔަދެއްވި އުފާވެރިކަމަށް ޝުކުރުވެރިވާ ކަމަށެވެ.
އެހެންނަމަވެސް ހިތާމަޔަކީ މިއަދު އަޑުއެހުމާއި ހަޖަމުކުރުމުގެ ގާބިލްކަންހުރި ހަރުދަނާ އިދިކޮޅު ސިޔާސީ ޕާޓީއެއް ނެތުން ކަމަށް އެ ޓްވީޓުގައި ބުނެފައިވެއެވެ.
https://twitter.com/MTDSecretariat/status/1489139162703822851
ރައީސް ސޯލިހު މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ދިވަހި ގައުމަށް މިއަދު ދިމާވެފައިހުރި ބޮޑެތި ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްވަވާފައި ހުރި ކަންކަން ވަނީ ހިމަނުއްވާފައެވެ. އަދި ދިވަހި ގައުމުގެ މުސްތަގުބަލު ބައްޓަން ކުރައްވަން ނިންމަވާފައިވާގޮތް ވަރަށް ސާފުސީދާކޮށް، ތަފްސީލުކޮށް ވަނީ ހާމަކޮށްދެއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް