ރައީސް ސޯލިޙް ދެއްވީ މަޢުލޫމާތުން ފުރިގެންވާ ވަރުގަދަ ރިޔާސީ ބަޔާނެއް: މައުމޫން

މިއަހަރުގެ މަޖިލިސް ހުޅުވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް އިއްވެވި ރިޔާސީ ބަޔާނަކީ "މަޢުލޫމާތުން ފުރިގެންވާ" ރިޔާސީ ބަޔާނެއްކަމަށް ވިދާޅުވެ، އެމްއާރުއެމްގެ ޒައީމް އަދި ކުރީގެ ރައީ...

03 Feb 2022 | 08:11

މިއަހަރުގެ މަޖިލިސް ހުޅުވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް އިއްވެވި ރިޔާސީ ބަޔާނަކީ "މަޢުލޫމާތުން ފުރިގެންވާ" ރިޔާސީ ބަޔާނެއްކަމަށް ވިދާޅުވެ، އެމްއާރުއެމްގެ ޒައީމް އަދި ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްޤައްޔޫމް ތައުރީފްކުރައްވައިފިއެވެ.

މި ރިޔާސީ ބަޔާނަށް ތައުރީފުކޮށް ރައީސް މައުމޫން ވިދާޅުވީ، ރައީސް ޞާލިޙް މިއަދު އިއްވި ރިޔާސީ ބަޔާނަކީ މައުލޫމާތުން ފުރިގެންވާ، ވަރުގަދަ ރިޔާސީ ބަޔާނެއްކަމަށެވެ.

މީގެ އިތުރުން ކޯލިޝަން ޕާޓްނަރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ ފައިދާއަށް ރައީސް ޞާލިޙް ކުރައްވާ މަސައްކަތްޕުޅަށް ތާއީދުކުރައްވާނެކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް ޞާލިޙް މިއަދު ދެއްވި ރިޔާސީ ބަޔާނުގައި ރާއްޖޭގެ ހާލަތަށް ތަފްސީލްކޮށް އަލިއަޅުއްވާލައި ކުރިއަށްއޮތް އަހަރަށް އެމަނިކުފާނު ގެންގުޅުއްވާ ތަރައްޤީގެ ތަސައްވުރު ހާމަކުރައްވާފައިވެއެވެ.

އަދި މިދިޔަ އަހަރު ރާއްޖޭގެ ތަރައްޤީއަށް ކުރައްވާފައިވާ މަސައްކަތްޕުޅާއި، ކުރިއަށް އޮތް އަހަރަށް އެމަނިކުފާނު ގެންގުޅުއްވާ ތަރައްޤީގެ ތަސައްވުރު ވަރަށް ބޮޑު ބައެއް ހާމަކުރައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް