ގަައުމެއްގެ ތަޞްވީރަކީ އެޤައުމެއްގެ ފަންނާނުން އުފައްދާ އެއްޗެއް: ރައީސް

ގަައުމެއްގެ ތަޞްވީރަކީ އެޤައުމެއްގެ ފަންނާނުން އުފައްދާ އެއްޗެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. މިއަހަރުގެ ރިޔާސީ ބަޔާނުގައި އެމަނިކުފާނު ފާހަގަކުރައްވާފައި...

03 Feb 2022 | 07:53

ގަައުމެއްގެ ތަޞްވީރަކީ އެޤައުމެއްގެ ފަންނާނުން އުފައްދާ އެއްޗެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވާ ގޮތުގައި ތާރީޚާއި ސަޤާފަތާ އާދަކާދަ އުވުނަ ނުދީ ކުލަ ގެނުވައިދެނީ އެމީހުންގެ ކުލަފިއްސާއި ރާގާއި ޅެން ބަހުރުވައިން ކަމަށެވެ. އަދި ފަންނާނުންނަށް ބޭނުންވާ ކުރިއެރުމާ ގާތަށް ވެސް، އެމީހުން ގެނެސްދެވިފާ ނުވާ ކަމީ އަޅުގަނޑުމެންގެ ފުށުގާ އޮތް ހުސްކަމެއް ކަމަށެވެ.

އެހުސްކަން ފުރާލުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ޒަމާންވީ އޮލިމްޕަސް ޒަމާނީ ފެންވަރަށް ތަރައްޤީވެ މިއުޒިކް ޕްރެކްޓިސް ރޫމްތަކާއެކު ހުނަރުވެރިންނަށް އާ ދޮރުތަކެއް މިއަހަރު ހުޅުވޭނެ ކަމަށެވެ. އަދި ސަޤާފީ ތަރިކަ ރައްކާތެރިކުރުމުގެ ގޮތުން ހއ، ތ އަދި ނ އަތޮޅުގައި ސައިޓް މިއުޒިއަމްތަކުގެ މަސައްކަތް ކުރެވެމުން އެބަދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް