މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ރިޔާސީ ބަޔާނުން އެނގުނީ ސަރުކާރާއި ރައްޔިތުންނާއި ގުޅުމެއް ނެތް މިންވަރު ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސް ސޯލިހު ވަނީ މިދިޔަ އަހަރު ސަރުކާރުން ކޮށްފައިވާ މުހިންމު މަސައްކަތްތަކުގެ މައުލޫމާތު ރައްޔިތުންނަށް ދެއްވާފަ އެވެ. އަދި ރައްޔިތުންގެ ލާބައާއި މަންފާއަށް މިއަހަރު ކުރަން ނިންމާފައިވާ ކަންކަމާއި އިގްތިސޯދީ ކުރިއެރުމާއި ދަރަނި އަދާ ކުރުމާއި ގުޅޭގޮތުން ވާހަކަފުޅު ދެއްކެވި އެވެ.
ރިޔާސީ ބަޔާނާއި ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައި ޕީޕީއެމްގެ އެޑްވައިޒަރުވެސް ކުރައްވަމުން ގެންދަވާ ޑރ. ޖަމީލް ވިދާޅުވީ ރިޔާސީ ބަޔާނުން އެނގުނީ ސަރުކާރާއި ރައްޔިތުންނާ ގުޅުމެއް ނެތް މިންވަރު ކަމަށެވެ. ޖަމީލް ވިދާޅުވީ ހާމަވެގެން ދިޔައީ އަދިވެސް ވަޢުދެއް ފުއްދުމުގެ ވިސްނުމެއް ނެތްކަން ކަމަށެވެ.
އަދި ސަރުކާރަށް އިތުރުކޮށްދެވިފައިވަނީ ކޮރަޕްޝަން ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ބޭރު ސިފައިން ބައިތިއްބައިގެން ޙިމާޔަތް ކުރަނީ ދީނާ ދެކޮޅު ފިކުރު ކަމަށެވެ.
ޑރ.ޖަމީލް ވިދާޅުވީ އެމްޑީޕީ އަކީ އެއީ ކަމަށާއި އެ ފިކުރަކީ ތަންދޮރު ނުދަންނަ ވާނުވާ ނޭނގޭ ފިކުރެއް ކަމަށެވެ.
https://twitter.com/MJameelAhmed/status/1489130737823793152
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް