ފާއިތުވި އަހަރު 63 ރަށެއްގައި އަވިން ކަރަންޓް އުފައްދާ ނިޒާމު ޤާއިމު ކުރެވުނު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުން މަޖިލިސް މިއަހަރަށް ހުޅުވަން ބޭއްވުމުގެ ޖަލްސާގައި ރައީސްގެ ރިޔާސީ ބަޔާން އިއްވަމުންނެވެ.
ރައީސް ވިދާޅުވީ ޖުމްލަ 128ރަށެއްގައި މިނިޒާމުގެ ޒަރީޢާ އިން އުފައްދާ އަވި-ކަރަންޓުގެ ޖުމްލަ އަކީ 36.5މެގަވޮޓް ކަމަށެވެ. އަދި އިތުރު 89ރަށަކުން 25މެގަވޮޓްގެ އަވި-ކަރަންޓް މިއަހަރުތެރޭގައި އުފެއްދުމަށް ރޭވިފައިވާ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.
ގުދުރަތީ ގޮތުން އަޅުގަނޑުމެނަށް ލިބިފައިވާ އެންމެ ބޮޑު އެއް ވަސީލަތަކީ އިރުގެ އަލިން ލިބޭ ހަކަތަކަން ފާހަގަ ކޮށް ރައީސް ވިދާޅުވީ ނޫ އިޤްތިޞާދަކަށް ބަދަލުވާއިރު އެންމެ މުހިއްމު އެއް ކަމަކީ އިރުގެ އައްޔާ ،ކަނޑުފަޅުގެ ވަސީލަތްތަކުން އިއާދަކުރަނިވި ހަކަތައިން އިޤްތިޞާދުގެ އިންޖީނު ހިންގުން ކަމަށެވެ. އެގޮތުން މިއީ އިޤްތިޞާދަށާއި ޤުދުރަތީ ވަސީލަތްތައް މުސްތަޤްބަލުގެ ޖީލުތަކަށް ވާޞިލްކޮށްދިނުމަށް އެންމެ ރަނގަޅު ގޮތްކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް