ކައިވެންޏާ ވަރިއާ ހަތަރު އަނބިންގެ ވާހަކަ މި ދުވަސްވަރު ވަރަށް ގަދައަށް އެބަ ދެކެވެއެވެ.
މި ޓްރެންޑެއްގައި އުޅެނިކޮށް، އިސްލާމް ދީން ކުރިއަރުވައި ދީނުގެ ދިފާއުގައި މަސައްކަތްކުރަމުން އަންނަ އަލީ ރަމީޒް ސޯޝަލް މީޑިއާއަށް މި ފޮޓޯ ދޫކޮށްލުމަށްފަހު އެދުނީ މި ފޮޓޯއަށް "ކެޕްޝަނެއް" ސުރުހީއެއް ދިނުމަށެވެ.
މި ޕޯސްޓަށް ކޮމެންޓްކޮށްފައިވާ ގިނަ ފަރާތްތަކުގެ ރައުޔު ހުރީ މި ފޮޓޯއިން ދައްކުވައިދެނީ ހަތަރު އަނބިންގެ ވާހަކަ ކަމަށެވެ.
ޝައިޚް އަބްދުއްސަލާމް ދާވޫދު އަލީ ރަމީޒްގެ މި ޕޯސްޓަށް އޭނާގެ ރައުޔު ހާމަކުރަމުން ބުނެފައިވަނީ ކޮންމެ މަލެއްވެސް އެ މަލަކަށް ލިބިފައިވާ އަމިއްލަވަންތަ ކަމާއެކު އުފަލުން ފަރިވެ ފޮޅިފައިވާއިރު ހަތަރުމަލަށްވެސް އާރޯކަމާ ފަރިވެފޮޅުން ގެނުވަނީ ހަމަ އެންމެ ތަނޑަކުން ކަން މި ފޮޓޯއިން ދައްކުވައިދޭ ކަމަށެވެ.
"1 ތަނޑެއްގައި ހަތަރު މާ އެއްފަހަރާ އަޔަސް ކޮންމެ މަލަކަށްވެސް ފަރިވެ ފޮޅުން ގެނުވާ ދެވޭނެ ފަދަ ތަނޑުވެސް ބަގީޗާތަކުގައި ވާކަމެވެ" ޝައިޚް ސަލާމް ބުނެފައިވެއެވެ.
އަލީ ރަމީޒްގެ މި ޕޯސްޓްގެ މައިގަނޑު މައުލޫއަކީ ހަތަރު އަނބިންނަށްވެ ނިމިފައިވާއިރު އިތުރު މީހަކު ބުނެފައިވަނީ މި ފޮޓޯއިން ދައްކުވައިދެނީ ހަތަރު އަނބިް އެކަކު އަނެކަކު ދެކެ ރުޅިން މޫނު އަބުރައިގެންތިބި މަންޒަރު ކަމަށެވެ.
ކޮންމެއަކަސް މި ދުވަސްވަރަކީ ހަތަރު އަނބިންގެ ވާހަކަ ވަރަށްވެސް ގަދައަށް ދެކެވެމުން އަންނަ ދުވަސްވަރެކެވެ.
މި ވާހަކައަށް އިތުރު ބާރެއް ލިބޭނެފަދަ ޕޯސްޓެއް ޓްވިޓާގައި މި ފަހުން، ޝައިޚް ޒަމްޒަމް ފާރިސް ޝެއަރ ކުރިއެވެ. އެ ޕޯސްޓްގައި މައިގަނޑުގޮތެއްގައި ބުނެފައިވަނީ އެކަކާ އިނދެގެން ފިރިމީހާ އެ ވަނީ އެ އަނބިމީހާއަށްޓަކައި ބޮޑު ގުރުބާނީއެއް ކަމަށާއި ކައިވެންޏަށް 15 ނުވަތަ 20 އަަހަރުވުމުން، އެ އަނބިމީހާ ފިރިމީހާއަށް އިތުރު އަނބިން ހޯދައިދިނުން ރަނގަޅު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް