މިދިޔަ އަހަރު 1,599 ޤުުރުއާން ޓީޗަރުން ތަމްރީން ކުރިން: ރައީސް

މިދިޔަ އަހަރު 1،599 ޤުރުއާން މުދައްރިސުން ތަމްރީނު ކޮށް ނިމިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު އިއްވި ރިޔ...

03 Feb 2022 | 06:56

މިދިޔަ އަހަރު 1،599 ޤުރުއާން މުދައްރިސުން ތަމްރީނު ކޮށް ނިމިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު އިއްވި ރިޔާސީ ބަޔާނުގައެވެ.

ރައީސް ޞާލިޙް ވިދާޅުވީ އިސްލާމީ ތަރިކައާ ދީނުގެ ޞައްޙަ ޢަޤީދާގެ ބިންގަލަކީ ފުރިހަމަ ދިވެހި ޖީލެއް ބިނާވުމުގެ އަޞްލު ކަމަށެވެ.

މިދިޔަ އަހަރު ސަރުކާރުން އެންމެ އިސްކަން ދިން ސިޔާސަތަކީވެސް އިސްލާމްދީނުގެ ޞައްޙަ މަޢުލޫމާތު ދިވެހިންގެ ހިތްތަކުގަ އަށަގެންނެވުމާ، އިސްލާމީ ރިވެތި އަދަބު އަޚްލާޤުގެ މަތީގާ ދަރިން ތަރުބިއްޔަތުކޮށް ބޮޑެތިކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

މިގޮތުން މިދިޔަ އަހަރު ރާއްޖޭގެ 180 ރަށެއްގާ އިސްލާމްދީނުގެ ޞައްޙަ މަޢުލޫމާތު ދިނުމާ، އިސްލާމްދީނުގެ ރިވެތި އުޞޫލުތަކަށް ހޭލުންތެރިކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އިމާމުންނާ މުދިމުންނަށް އިސްލާމީ ތަޢުލީމުގެ ރޮނގުން ޑިގްރީ ހޯދާދިނުމަށް 290 މީހުން ދަނީ މި ވަގުތު ތަޢުލީމީ މަރުހަލާ ފުރިހަމަ ކުރަމުން ކަމުގައި ރައީސް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ދީނުގެ ނަމުގައާ ދީނާ ދެކޮޅަށް، ހަރުކަށި ފިކުރު ފަތުރާ، މީހުންގެ ފުރާނައާ މުދަލަށް ގެއްލުންދޭ މީހުންނަށް، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާ ހާމަކޮށްދިނުމުގާ ދީނީ ޢިލްމުވެރިންގެ އެހީގާ މިއަހަރު "ނޭޝަނަލް މޮޑެރޭޝަން ކެމްޕޭން" ގެ ނަމުގައި ކެމްޕޭން އެއް ކުރިއަށް ގެންދެވޭނެ ކަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް