މާލެއިން 33 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަނީ

މާލެއިން ޒުވާނަކު ގެއްލިގެން ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ. ގެއްލިގެން ހޯދަމުންދަނީ ގއ. ވިލިނގިލި/ ކަނޑުއޮޅި، އުމުރުން 33 އަހަރުގެ ޙަސަން ޝިހާބު އެވެ. އެމީހާ ގެއްލިގެން އާއިލާއިން ފުލުހުންނަށް ރ...

03 Feb 2022 | 06:28

މާލެއިން ޒުވާނަކު ގެއްލިގެން ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.

ގެއްލިގެން ހޯދަމުންދަނީ ގއ. ވިލިނގިލި/ ކަނޑުއޮޅި، އުމުރުން 33 އަހަރުގެ ޙަސަން ޝިހާބު އެވެ.

އެމީހާ ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓު ކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. ފުލުހުން ބުނީ މިދިޔަ ފަސް ދުވަހު ކުރި މަސައްކަތުން އޭނާގެ އެއްވެސް ހަބަރެއް ވެފައި ނުވާ ކަމަށެވެ.

ފުލުހުން ބުނީ ޝިހާބާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ލަސްނުކޮށް އެމަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ގަލޮޅު ޕޮލިސްގެ ނަންބަރު 9631696 އަށް ގުޅައި ހިއްސާކޮށްދިނުމަށް އެދޭ ކަމަށެވެ.

މިފަދަ ކަންކަމުގައި އާއްމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށްދޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފަވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް