ދިވެހި ޒުވާނުންނަށް ލިބޭ ހަކަތައަކީ ޤައުމުގެ ދުވެއްޔަށް ލިބޭނެ ހަލުވިކަން ކަމަށާއި އެހަލުވިކަން ހޯދުމަށްޓަކާ ކުޅިވަރުގާ ކުރި ފަޅަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ ތަަފާތު މައިދާނުން ތަށި އުފުލާލަން އެދޭ ޒުވާނުން ގިނަ ކަމަށާއި ޒުވާނުން ރަންވަނަ ހޯދުމުގެ ރީތިނަން ލިބެނީ ހުރިހާ ދިވެހިންނަށް ކަމަށެވެ. އަދި ޤާއިމު ކުރެވޭ ތަފާތު ކުޅިވަރުގެ ވަސީލަތްތަކުގެ ސަބަބުން ޒުވާނުންނަށް ކުރިއެރުން ލިބި، ބައިނަލްއަޤްވާމީ މުބާރާތްތައް ރާއްޖޭގާ ބާއްވަން ފަހިވާނެ ކަމަށެވެ.
އެގޮތުން ރައީސް ވަނީ މިދިޔަ އަހަރު ބޭއްވުނު ބައިނަލްއަޤްވާމީ ޕެރަ-ލިމްޕިކްސް ގައި ރާއްޖެ ފުރަތަމަ ފަހަރަށް ބައިވެރިވެފައިވާކަން ފާހަގަ ކުރައްވާފައެވެ. އަދި މިއީ މިމުބާރާތް ބާއްވާތާ 54 އަހަރުވީ ދިގުމުއްދަތުގާ ދިވެހި ޕެރަ އެތުލީޓުން ރާއްޖެ ތަމްސީލްކުރި ފުރަތަމަ ފަހަރު ކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.
"ރާއްޖޭގެ އެކި ކަންކޮޅުތަކުގާ 26 ފުޓުބޯޅަ ދަނޑުގެ ޓަރފް މަސައްކަތް ނިންމާ ހުޅުވިއްޖެ. ޤައުމީ ފެންވަރުގެ މެޗްތަށް ރާއްޖޭގެ އެކިހިސާބުތަކުގާ މިހާރު ކުޅެވޭނެ. އިންޑޯ ސްޕޯރޓްސް ކޮމްޕްލެކްސް މަޝްރޫޢުގެ ދަށުން، ރާއްޖޭގެއެކި ސަރަހައްދުތަކުގާ މިފަދަ އެކުވެނިތައް ޤާއިމު ކުރުން
މިއަހަރު ކުރިއަށް ދާނެ." ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މި އަހަރަށް ކަނޑައަޅާފައިވާ ބޮޑެތި މަޝްރޫޢުތަކުގެ ދަށުން ފުރަމާލޭގެ ގަލޮޅު ރަސްމީ ދަނޑު
ތަރައްޤީ ކުރުން ހިމެނޭ ކަމަށާއި ޤައުމީ ޓޭބަލް ޓެނިސް، ބާސްކެޓް، ވޮލީ، ހޭންޑްބޯލް، އަދި ނެޓްބޯލް ކޮމްޕްލެކްސްތައް މާލޭގާ ތަރައްޤީ ކުރެވޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް