ރައީސް ވިދާޅުވީ ރާއްޖޭގެ މާހައުލީ ނިޒާމު ހިމާޔަތްކުރުމަކީ އަޅުގަނޑުމެންގެ އެންމެ އިސް ވާޖިބު ކަމަށް

މިރާއްޖޭގާ އަޅުގަނޑުމެން ދިރިއުޅޭހާ ހިނދަކު، ރާއްޖޭގެ މާހައުލީ ނިޒާމު ހިމާޔަތްކުރުމަކީ އަޅުގަނޑުމެންގެ އެންމެ އިސް ވާޖިބު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. މިއ...

03 Feb 2022 | 05:43

މިރާއްޖޭގާ އަޅުގަނޑުމެން ދިރިއުޅޭހާ ހިނދަކު، ރާއްޖޭގެ މާހައުލީ ނިޒާމު ހިމާޔަތްކުރުމަކީ އަޅުގަނޑުމެންގެ އެންމެ އިސް ވާޖިބު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވެވަމުން ރައީސް ވިދާޅުވީ ދޮންވެލި ގޮނޑުދޮށްތަކާ، ވިލު - ފަޅު - ފަރުތަކާ، ފިނޮޅުތަކާ، ހުރާތައް އަންނަން އޮތް ޖީލުތަކަށް އެންމެ ފައިދާ ހުރި ގޮތުގައި ފޯރުކޮށްދިނުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ.

މާލެ ސަރަހައްދަށް އަދި މުޅި ރާއްޖެއަށް ވެސް ދިމާވެފާ އޮތް ތިމާވެށީގެ އެންމެ ބޮޑު އެއް މައްސަލައަކީ، ރައްކާތެރި ގޮތުގާ ކުނި ނައްތާލެވޭނެ ނިޒާމެއް ޤާއިމުވެފަ ނެތުން ކަމަށާއި ތިލަފުށްޓަކީ މާލޭގެ ކުނި ނައްތާލުމަށް ހެޔޮ ނިޔަތުގާ މީގެ 30 އަހަރު ކުރިން ފެށި ކަމެއްކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

"މާލެއަށް ލިބުނު ބޮޑު ތަސައްލީއެއް. ނަމަވެސް މިހާތަނަށް ތިލަފުށީގާ ކުނި މެނޭޖްކުރީ ހާމައަށް ކުނި އަންދައިގެން. އެކަން މިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގާ ވާނީ ހުއްޓާލާފަ. މިހާރު ތިލަފުށިން ޖައްވުގެ ތެރެއަށް ވިހަ ދުމެއް ބޭރެއް ނުވާނެ. އަދި ރައްކާތެރި ގޮތުގާ ކުނި ނައްތާލާނެ ވަސީލަތްތައް މިދިޔަ އަހަރު ވާނީ ތިލަފުށީގާ ޤާއިމުކޮށްފަ." ރައީސް ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން މާލޭގެ އިތުރުން 64 ރަށެއްގާ ކުނި މެނޭޖްކުރާނެ އެއްމެހާ ވަސީލަތްތައް ޤާއިމުކުރެވިގެންދާނެ ކަމަށާއި އެެއްފަހަރު ބޭނުންކޮށްފާ އުކާލާ ޕްލާސްޓިކްގެ 13 ބާވަތެއް، ރާއްޖެއަށް އެތެރެކުރުމާ ރާއްޖޭގައި އުފެއްދުމާ އަދި ރާއްޖޭގާ ބޭނުންކުރުން، މިހާރު ވާނީ މުޅިން މަނާކޮށްފައިކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް