ރާއްޖޭގެ ސަރަހައްދީ ބަނދަރުތަކަށް ބައިނަލްއަޤްވާމީ ކާގޯ ޚިދުމަތް ޤަވާއިދުން ފެށިއްޖެ

ރާއްޖޭގެ ސަރަހައްދީ ބަނދަރުތަކަށް ބައިނަލްއަޤްވާމީ ކާގޯ ޚިދުމަތް ޤަވާއިދުން ފެށިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނުު މިފަދައިން ވިދާޅުވީ މިއަހަ...

03 Feb 2022 | 05:02

ރާއްޖޭގެ ސަރަހައްދީ ބަނދަރުތަކަށް ބައިނަލްއަޤްވާމީ ކާގޯ ޚިދުމަތް ޤަވާއިދުން ފެށިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުު މިފަދައިން ވިދާޅުވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުން ރަށުބަންދުން ވީއްލުމަކީ އަބަދުވެސް އަޅުގަނޑުމެންގެ ވަޢުދެއް ކަމަށާއި އެވަޢުދު ފުއްދުން މިހާރު ކުރިއަށް އެދަނީ ހައިސްޕީޑް ފެރީ ނެޓްވޯރކްގެ ގޮތުގައި ކަމަށެވެ. އަދި މުޅި ބޮޑުތިލަދުންމަތީގާ މި ޚިދުމަތް ފެށުމަށްޓަކާ ލޯންޗްތައް ކުޅުދުއްފުއްޓަށް ގެންގޮސް، ޓްރަޔަލް ދަތުރުތައް އިއްޔެ ފަށާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ދެކުނަށް މުދާ އުފުލަނީ ރާއްޖޭގެ ޤައުމީ އާގުބޯޓު ކުންފުނިން. އެއީ ކޯވިޑްގާ ދުނިޔެ ހުއްޓުނު ވަގުތު ދުއްވައިގަތް ދިވެހިރައްޔިތުންގެ އާގު ބޯޓު ކުންފުނި. އެދަނޑިވަޅު ރާއްޖެއަށް ބޭނުންވާ އަސާސީ މުދަލާ ބޭހާ ކާޑަށް ހުއްޓުމެއް އަޔަ ނުދިނުމަށް ފެށި އާ ފެށުން." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ކުުރުމުއްދަތެއްގައި ހީނުކުރާ ވަރުގެ ކުރިއެރުމެއް ހޯދާ ދާދި މިދާކަށް ދުވަހު އަދި އިތުރު އާގުބޯޓެއް އެކުންފުނިން ގަނެފައިވާ ކަމަށާއި މެރިޓައިމް ދާއިރާއިން ދިވެހިން ތަމްރީނުވުމަށް އެކުންފުނިން އިޢުލާން ކުރުމުގެ ކަންކަން މިޙާރުކުރިއަށްދާ ކަމަށެވެ.

މިއީ އޮއްސި ފުސްވަމުން ދިޔަ ރާއްޖޭގެ ކުލަރީތި މާޒީގާ އަލުން ކުލަ ޖެހުން ފަދަ ކަމެއް ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް