މިނިމަމް ވޭޖާއެކު ހުރިހާ ސިނާއަތެއްގެ މަސައްކަތްތެރިންގެ ޖީބު މިކަމުން ބަރުވެއްޖެ: ރައީސް ސޯލިހް

މިނިމަމް ވޭޖާއެކު ހުރިހާ ސިނާއަތެއްގެ މަސައްކަތްތެރިންގެ ޖީބު މިކަމުން ބަރުވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރަށް ރަ...

03 Feb 2022 | 04:38

މިނިމަމް ވޭޖާއެކު ހުރިހާ ސިނާއަތެއްގެ މަސައްކަތްތެރިންގެ ޖީބު މިކަމުން ބަރުވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ވަކިން ޚާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތުގެ ތޭރަ ހާސް މުވައްޒަފުންނަށް ވާ ރަނގަޅު އަދިމާބޮޑު ކަމަށެވެ. އަދި ސަރުކާރުގައި މަސައްކަތްކުރާ ފަނަރަހާސް ހަތަރު ސަތޭކަ މުވައްޒަފަކާއި ސަރުކާރު ކުންފުނިތަކުގެ ފަސްހާސް އެއްސަތޭކަ މުވައްޒަފުންނަށް މިހެޔޮ ބަދަލު މިވަނީ ގެނެސްދެވިފަ ކަމަށެވެ.

ފަތުރުވެރިކަމުގެ ދާއިރާ އިން 10 އިންސައްތައިގެ ސަރވިސް ޗާޖް ނަގަން މިހާރު ޖެހޭ  ކަމަށާއި އޭގެ 99 އިންސައްތަ، މުވައްޒިފުންނަށް ހަމަހަމައަށް ބެހުމަކީ ހުސްވި ޖެނުއަރީން ފެށިގެން ޤާނޫނުން ލާޒިމް ކުރާ ކަމެއް ކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

"ޢިއްޒަތްތެރި ރައީސް، ރަނގަޅު ބަދަލެއް އަންނަނީ ހެޔޮ ނިޔަތެއް އޮވެގެން. ހއ. ދިއްދޫ އަޙްމަދު ރަޝީދަކީ ޢާއިލާއާ މާދުރުގާ މެދުރާއްޖެތެރޭގެ ރިޒޯޓެއްގާ މަސައްކަތް ކުރާ މުވައްޒަފެއް. ފާއިތުވި 16 އަހަރު އަސާސީ މުސާރައިގެ ގޮތުގާ އޭނާ ގެއަށް ގެންދަން އެންމެ ގިނަވެގެން ލިބުނީ މަހަކަށް  5600 ރުފިޔާ. އެހެންނަމަވެސް މިނިމަމް ވޭޖްގެ ހެޔޮ ބަދަލާއެކު، 8000 ރުފިޔާ މިހާރު އަސާސީ މުސާރައަށް ލިބޭ. ސަރވިސް ޗާޖާއެކު މިދިޔަ ޖެނުއަރީ މަހު 55،000 އަށްވުރެ ގިނަ ރުފިޔާ އޭނާ ގެއަށް ގެންދަން ލިބުނު." ރައީސް ވިދާޅުވިއެެވެ.

ރައީސް ސޯލިހު ވިދާޅުވީ ވީވަޢުދަށްވުރެ ވެފައިވާ ގޮތް މާ ރަނގަޅު ކަމަށާއި ރައްޔިތަކަށްވާ ކޮންމެ ރަނގަޅަކީ ޤައުމަށް ލިބޭ ކުރިއެރުމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް