ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިނާޔަތް ބޮޑުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.
ރައީސް ސޯލިހް މިކަން ހާމަކުރެއްވީ މިހާރު އިއްވަވަމުން ގެންދަވާ ރިޔާސީ ބަޔާނުގައެވެ. " ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުންދޭ ޢިނާޔަތް ބޮޑު ކުރުމަށް އަޅުގަނޑު ނިންމައިފިން، ޤައުމިއްޔަތުގެ މައިވަންތަ އުނގުގާ ކޮންމެ ދިވެއްސަކީވެސް ކުޅެދޭ ހަމަހަމަ ދިވެހި ދަރިއެއް" ރައީސް ސޯލިހް ވިދާޅުވިއެެވެ.
ރައީސް ޞާލިހް ވިދާޅުވީ މިހާތަނަށް އައިއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންނާބެހޭ ޖުމްލަ އަދަދާ ތަފްޞީލް އެނގޭ ޤައުމީ ދަފްތަރެއް ރާއްޖޭގައި އެކަލަވާލާފައި ނެތް ކަމަށެވެ.
އަދި މިފަދަ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް މިހާރު ކުރިއަށް ދާކަމުގައި ރައީސް ވިދާޅުވިއެވެ.
މިދަފްތަރު ނިންމާ މިއަހަރުގެ ފަހު ކުއާރޓާގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުންދޭ ޢިނާޔަތް ބޮޑު ކުރުމަށް ނިންމާފައިވާ ކަމަށް ރިޔާސީ ބަޔާނުގައި އެމަނިކުފާނު ހާމަކުރައްވާފައިވެއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އެދަފްތަރަކީ އެމީހުންނަށް ބޭނުންވާ ފަރުވާއާ ރީހެބިލިޓޭޝަން އަދި ތެރަޕީއާ އެހެނިހެން ޚިދުމަތްތަށް ފޯރުކޮށްދިނުމަށް އޮތް ވަޞީލަތަކަށް ވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް