ރައީސް ނަޝީދަށް ދެވުނު ހަމަލާއިން ސާބިތުވަނީ މުޖްތަމައުގައި ހަރުކަށި ފިކުރު މޫލާފައިވާ މިންވަރު: ރައީސް ޞާލިޙް

ރައީސް ސޯލިހް ރައީސް ނަޝީދަށް ދެވުނު ހަމަލާއިން ސާބިތުވަނީ މުޖްތަމައުގައި ހަރުކަށި ފިކުރު މޫލާފައިވާ މިންވަރު ކަމުގައި ރައީސް ސޯލިހް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހ...

03 Feb 2022 | 04:06

ރައީސް ސޯލިހް ރައީސް ނަޝީދަށް ދެވުނު ހަމަލާއިން ސާބިތުވަނީ މުޖްތަމައުގައި ހަރުކަށި ފިކުރު މޫލާފައިވާ މިންވަރު ކަމުގައި ރައީސް ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިހާރު އިއްވަވަމުން ގެންދަވާ ރިޔާސީ ބަޔާނުގައެވެ.

ރައީސް ސޯލިހް ވިދާޅުވީ ނުރައްކާތެރި ހަމަލާގެ ކުށާއެކީގައި ސާބިތުވެގެން ދިޔައީ  މުޖްތަމަޢުގެ ތެރެއަށް ހަރުކަށި ފިކުރު މޫލާފައިވާ ފުންމިންކަމުގަަަަަަައެވެ.

ދީނުގެ ނަމުގާ ހިންގާ ނުރައްކާތެރި އަދި އަނިޔާވެރި ޢަމަލުތަކާއި އެނގި ހާމަވީ އެފަދަ ޢަމަލުތައް ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގެ ބޮޑުކަމާ ބުރަކަން ކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ދިވެހި ޤައުމިއްޔަތު ބިނާވެ، ދިރި ދެމިއޮންނަންޖެހޭ ބަހާތަކުގެ މައްޗަށް ތާއަބަދުމެ ސަރުކާރު މިއޮތީ ސަމާލުވެ ހޭލާ ކަމަށެވެ. މާތްވެގެންވާ އިސްލާމްދީނާ ދިވެހިރާއްޖޭގެ މިނިވަންކަމާ ސިޔާދަތާ އިސްތިޤުލާލަށް ބުރުލެއް އަދި ގުޑުމެއް އައުމަށް ސަރުކާރުން ކުޑަވެސް ފުރުޞަތެއް ނުދޭނެ ކަމަށާއި ދިވެހިންގެ އަމާން ޞުލްހަވެރި ދިރިއުޅުމުގެ މައްޗަށް ނާމާންކަމާ ހަތުރުވެރިކަމާ ޢަދާވާތްތެރިކަމަކަށް ވެރިވެއެއް ނުގަނެވޭނެ  ކަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް