ޔަމަނުގައި ހަނގުރާމަ ކުރަމުންދާ ހޫތީ ޖަމާއަތުން ޔޫއޭއީއަށް ފޮނުވަމުންދާ ބެލިސްޓިކް މިސައިލްތައް ހަލާކު ކޮށްލެވޭ ފަދަ ބާރު ގަދަ ހަނގުރާމަ މަތީ ޖެޓުތަކެއް ޔޫއޭއީއަށް ހަދިޔާ ކުރަން އެމެރިކާ ސަރުކާރުން ނިންމައިފި އެވެ.
ޔޫއޭއީ އާއި އެމެރިކާގެ އިސްވެރިންގެ މެދުގައި ބޭއްވުނު ފޯން ކޯލެއްގައި ކުރެވުނު މަޝްވަރާތަކެއްގައި އެމެރިކާއިން ވަނީ މިސައިލް އަންނަ ދިމާ ފާހަގަކޮށް އޮޓަމެޓިކްކޮށް އެ މިސައިލަކަށް ހަމަލާދީ ހަލާކުކޮށްލުމުގެ ބާރު ޖެޓުތަކަށް ލިބިގެންދާ ކަމަށެވެ.
މި ޖެޓުތައް ހަދިޔާ ކުރަނީ ޔޫއޭއީގެ ކަނޑުގެ ސިފައިންނަށެވެ.
މި ޖެޓުތަކަކީ ހޫތީންގެ ފަރާތުން މިހާރު ޔޫއޭއީއަށް ކުރިމަތިވެފައިވާ ނުރައްކަލުން އަރައިގަތުމަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ
މިދިޔަ މަހެއް ދުވަހުގެ ތެރޭގައި ހޫތީން ވަނީ ޔޫއޭއީގެ ވެރިރަށް އަބދާބީ އާއި ސައުދީގެ އެކި ސަރަހައްދުތަކަށް ބެލިސްޓިކް މިސައިލްތަކެއް ފޮނުވާފައިވެ އެވެ/ އެކަމަކު ދެ ގައުމުގެ އަސްކަރިއްޔާއިނ ވަނީ ވައިގެ ތެރޭގައި ނުވަތަ މީހުން ނޫޅޭ ސަރަހައްދުތަކަށް ވައްޓާލައިގެން ގޮއްވާލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް