މަޖަލަކަށްވެސް ކަންފަތް ކައިރީ ފުއްޕާހަން ނުފަޅާ، ބީރުވުމުގެ ފުރުސަތު ބޮޑު

ފުއްޕާހަން ފެޅުމަކީ ވަރަށް މަޖާ ކަމަށްވެދާނެ އެވެ. އޭގެ އަޑަށް މީހުން ސިއްސައިގެންދާތި ރުޅި އަރުވަން ބައެއް މީހުން ކަންފަތް ކައިރީ ފުއްޕާހަން ފަޅަ އެވެ. އެކަމަކު އޭގެން ދިމާވެދާނެ ނުރައްކާތެރިކަން މާބ...

03 Feb 2017 | 03:10

ފުއްޕާހަން ފެޅުމަކީ ވަރަށް މަޖާ ކަމަށްވެދާނެ އެވެ. އޭގެ އަޑަށް މީހުން ސިއްސައިގެންދާތި ރުޅި އަރުވަން ބައެއް މީހުން ކަންފަތް ކައިރީ ފުއްޕާހަން ފަޅަ އެވެ.

އެކަމަކު އޭގެން ދިމާވެދާނެ ނުރައްކާތެރިކަން މާބޮޑެވެ. ފުއްޕާހަން ފެޅުމުގެ ސަބަބުން ކަންފަތަށް ލިބޭ ގެއްލުމާއި ގުޅޭގޮތުން ކެނެޑާގެ ޔުނިވާސިޓީ އޮފް އަލްބާޓާއިން ކުރި ދިރާސާއިން ހާމަވެގެން ދިޔައީ ކަންފަތް ކައިރީ ހުރެފަ ބަޑިއެއް ޖެހުމަށްވުރެ ފުއްޕާހަމެއް ފެޅުމަކީ ގެއްލުން ބޮޑު ކަމެއް ކަމެވެ.

އެދިރާސާގައި ބުނެފައިވަނީ ކަންފަތަށް އިވޭ ވަރުގަދަ ބާރު ކޮންމެ އަޑެއްގެ ސަބަބުން ކަންފަތަށް އަބަދުވެސް ގެއްލުން ލިބެމުންދާނެ ކަމަށެވެ. އެގޮތުން ކަންފަތް ކައިރީ ފުއްޕާހަން ފެޅުމުގެ ސަބަބުން ބީރު ވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

މި ދިރާސާ ކުރުމަށް ދެމީހުން ބޭނުންކޮށްފައިވާއިރު އެކަކުގެ ކަންފަތް ކައިރީ ފުއްޕާހަން ފެޅިއެވެ. އަނެކަކުގެ ކަންފަތް ކައިރީހުރެ ބަޑި ޖެހި އެވެ. އެކަމުން އެނގިގެން ދިޔައީ ބަޑި ޖަހާ އަޑަށްވުރެ ފުއްޕާހަން ފެޅުމުން 12 ގުނަ އަޑުގަދަ ކަމެވެ.

އެއްވެސް އަޑަކީ މާބަރަށް އިވިގެންވާނެ އަޑެއް ނޫނެވެ. އެމީހުން ވަނީ ކުޑަކުދިންނާއި ބޮޑެތި މީހުންވެސް ފުއްޕާހަން ފެޅުން ހުއްޓާލުމަށް އެދިފައި އެވެ،

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް