ލަހުން މުސާރަ ޖަމާވި އިރު ފުލުހުންނަށް ދިނީ ކުރީގެ މުސާރަ

ފުލުހުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއި ގުޅިގެން މުސާރަ ދިނުން ލަސްވަމުން ގޮސް މިއަދު އެންމެ ފަހުން ކުރީގައި ދެމުން އައި މުސާރަ ދީފި އެވެ. ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ނޫސް...

02 Feb 2017 | 19:48

ފުލުހުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއި ގުޅިގެން މުސާރަ ދިނުން ލަސްވަމުން ގޮސް މިއަދު އެންމެ ފަހުން ކުރީގައި ދެމުން އައި މުސާރަ ދީފި އެވެ.

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފުލުހުންނަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ ކުރިން ދެމުން އައި މުސާރަ ކަމަށެވެ. އޭނާ ވިދާޅުވީ ބޮޑު ކުރި މުސާރަ ދެވޭނީ ރައީސް އޮފީހާއި ކަމާ ގުޅޭ މުއައްސަސާތަކާއި މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެގޮތަށް ނިންމީ އެއީ ދައުލަތުގެ ހުރިހާ މުއައްސަސާއެއްގައިވެސް މުސާރަ އާއި އިނާޔަތަށް ބަދަލު ގެނައުމުގައި ގެންގުޅޭ އުސޫލަށް އަމަލު ކުރުމަށް ކަމަށެވެ.

ފުލުހުން މިދިޔަ މަހުގެ މުސާރަ ޝީޓު ފޮނުވި އިރު ފޮނުވާފައިވަނީ އަލަށް މުސާރައަށް އިތުރުކުރި ބައި ހިމަނައިގެންނެވެ. އެކަމަކު ފިނޭންސުން ވަނީ ދެފަހަރު ފޮނުވުމުންވެސް ކުރީގެ މުސާރަ ޝީޓު ފޮނުވަން އަންގައި ފަހުގެ ޝީޓް އަނބުރާ ފޮނުވާލާފައި އެވެ.

ފުލުހުންގެ އާ މުސާރައިގެ އޮނިގަނޑުގައި ހިމަނާފައިވާގޮތުން ލިވިން އެލެވެންސްގެ ގޮތުގައި ކޮންމެ ފުލުހަކަށް ހަތަރު ހާސް ލިބޭނެ އެވެ. މިހާރު އެ އެލެވެންސް ލިބެނީ މާލޭގައި ކުއްޔަށް އުޅޭ މީހުން އެކަން ބަޔާންކކޮށް ފުލުހުންގެ އިދާރާއަށް ހުށަހެޅުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް