ސީއެމްޑީއޭގެ ސީއޯއޯ ކަމަށް ބޭފުޅަކު އައްޔަން ކުރައްވައިފި

ކެޕިޓަލް މާކެޓް ޑިވެލްޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ޗީފް އެގްޒެކްޓިވް އޮފިސާ(ސީއީއޯ)ގެ މަގާމަށް ރައީސުލް ޖުމްހޫރިއްޔާ، ކ. މާފުށި، މުސްތަރީގެ އަހުމަދު ނަސީރު އައްޔަން ކުރައްވައިފި އެވެ. ރައީސް އޮފީހ...

03 Feb 2015 | 07:24

ކެޕިޓަލް މާކެޓް ޑިވެލްޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ޗީފް އެގްޒެކްޓިވް އޮފިސާ(ސީއީއޯ)ގެ މަގާމަށް ރައީސުލް ޖުމްހޫރިއްޔާ، ކ. މާފުށި، މުސްތަރީގެ އަހުމަދު ނަސީރު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުންވެސް ވިދާޅުވީ  މިމަޤާމަށް ‏އަޙްމަދު ނަޞީރު‏ ޢައްޔަނު ކުރައްވާފައިވަނީ، މިނިސްޓަރުގެ ނާއިބު ފެންވަރުގައި ކަމަށެވެ.

ސީއެމްޑީއޭގެ ސީއީއޯގެ މަގާމަށް އަހުމަދު ނަސީރު އައްޔަން ކުރައްވާފައި މިވަނީ މަގާމުގައި ކުރިން ހުންނެވި ފާތުމަތު ޝަފީގާ މަގާމުން އިސްތިއުފާ ދެއްވުމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް