ވ. ރަކީދޫގައި ޒަހަމުތަކާ އެކު މަރުވެފައި އޮއްވައި ފެނުނު މުޙައްމަދު އިބްތިހާލަށް އަނިޔާކޮށް މަރާލިކަމަށް އެއްބަސްވެފައިވާ އޭނާގެ މަންމަ އާފިޔާ މުހައްމަދު މާލެ ގެނެސްފި އެވެ.
ރަކީދޫ ކައުންސިލުން ބުނީ މިއަދު ހެނދުނު 07:30 ހާއިރު އެ ރަށޫގައި ހަރަކާތްތެރިވި ފުލުހުންގެ ޓީމް އާފިޔާ ގޮވައިގެން ފުރާފައިވާ ކަމަށެވެ. ކައުންސިލުން ބުނީ އިތުރު ތަހުގީގަށް އަންނަން ޖެހިއްޖެ ނަމަ އަންނާނެ ކަމަށް ފުލުހުން ބުނި ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފށިގެން އާފިޔާ ބަހައްޓާފައި ހުރީ ރަކީދޫގައި ފުލުހުން ހިފާފައި ހުރި ގެއެއްގައި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މާލެ ގެނައީ ދޫނިދޫ ޖަލަށް ބަދަލު ކުރުމަށެވެ.
އިބްތިހާލަށް އަނިޔާކޮށް، މަރާލި ކަމަށް ތުހުމަތު ކުރެވޭ އޭނާގެ މަންމަ، އާފިޔާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ދީފައި އެވެ.
އިބްތިލާހު މަރުވެފައި އޮއްވައި މިދިޔަ ބުދަ ދުވަހުގެ މެންދުރު ފެނިފައި ވަނީ ސީރިއަސް ޒަހަމްތަކަކާއެކުގަ އެވެ. އެ ރަށޫ މީހުން ވަނީ އާފިޔާ އިބްތިހާލަަށް އަނިޔާ ކުރާ ކަމަށް ބުނެފައި އެވެ. އަދި އބްތިހާލް މަރުވީ އެ މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައި ވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް