ޅ. ހިންނަވަރުގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރަން އެ ކުއްޖާގެ މަންމަގެ ލޯބިވެރިޔާއަށް ދިން މައްސަލާގައި އެ ރަށުން 42 އަހަރުގެ ފިރިހެނަކާއި 42 އަހަރުގެ މަންމަ ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.
14 އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ ކައުސިލުންނާއި އާންމު ފަރާތަކުން ޅ. ނައިފަރިގައި ހުންނަ ޖެންޑާ މިނިސްޓްރީގެ ޑިޕާޓްމަންޓަށް ހުށަހެޅީ އިއްޔެ އެވެ. އަދި އެތަނުގެ ޓީމަކާއި ފުލުހުން ހިންނަވަރަށް ގޮސް އެ ކުއްޖާގެ މަންމަ އާއި އެ ފިރިހެން މީހާ އިއްޔެ ވަނީ ހައްޔަރުކޮށްފައި އެވެ.
މައުލޫމާތު ލިބޭގޮތުގައި މަންމަގެ ހުއްދައާ އެކު ލޯބިވެރިޔާ ލައްވައި ކުޑަ އަންހެން ކުއްޖާއަށް ޖިންސީގޯނާ ކުރުވީ، އެއީ މަންމަ އަށް ރަނގަޅު ދިރިއުޅެއް ހޯދަން ހަދާ "ފަންޑިތައިގެ" ބައެއް ކަމަށް ބުނެ އެވެ. އަދި އޭގެ ކުރިން އޭނާ ބަދްއަހުލާގީ އަމަލު ހިންގީ މަންމަ އާއި އެކުކަމަށާއި ފަހުން ކުޑަ ކުއްޖާއަށް ޖިންސީ ގޯނާ ކުރީ މަންމަގެ ކުރިމަތީގައި ކަމަށް މައުލޫމާތު ލިބެ އެވެ.
އެ އަންހެން ކުއްޖާ މިހާރު ވަނީ އެ ކުއްޖާގެ ބައްޕަގެ އާއިލާ މީހުންނާއި ހަވާލުކޮށްފަ އެވެ.
ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް