ހަބަރެއް ނުވެގެން ހޯދަމުންދިޔަ "އަޒުމް" ދޯންޏާ ގުޅިއްޖެ: އެމްއެންޑީއެފް

ހަބަރެއް ނުވެގެން ހޯދަމުންދިޔަ "އަޒުމް" ދޯނީގެ ފަޅުވެރިޔަކާ ގުޅިފައިވާކަމަށާއި އެމީހުންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. އެމްއެންޑީއެފުން ބުނީ މިދޯނީގެ ޚަބަރެއް ވެފައި ވަނީ މިދިޔަ ހ...

03 Feb 2015 | 05:20

ހަބަރެއް ނުވެގެން ހޯދަމުންދިޔަ "އަޒުމް" ދޯނީގެ ފަޅުވެރިޔަކާ ގުޅިފައިވާކަމަށާއި އެމީހުންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ މިދޯނީގެ ޚަބަރެއް ވެފައި ވަނީ މިދިޔަ ހުކުރު ދުވަހަށްފަހު ދޯނީގެ ޚަބަރެއް ނުވެގެން އޫޅޭކަން ކޯސްޓްގާޑަށް އެންގުމާއެކު އެދޯނި ހޯދުމަށް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ކުރި މަސައްކަތުން އެދޯނީގައި މަސައްކަތްކުރާ ފަޅުވެރިއަކަށް ގުޅުމުން ކަމަށެވެ.

އަދި މިދޯނި މިހާރު އޮތީ ރ އަތޮޅު ވާދޫ ފަރު ބޭރުގައި ފީނުމުގެ މަސްވެރިކަމުގައި ކަމަށް މަޢުލޫމާތު ލިބޭ ކަމަށާއި ދޯނީގެ ޚަބަރެއް ވެފައި ނުވަނީ ދޯނީގައި ތިބި މީހުންގެ ފޯނުތަކުގެ ޗާޖު ގޮސްގެން ނުގުޅުމުގެ ސަބަބުންކަމަށް ދޯނިން ވާހަކަދެއްކި ފަޅުވެރިއަކު ކޯސްޓްގާޑަށް މަޢުލޫމާތު ދިން ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް