ދަރިން ބެލުމުގައި އިހުމާލުވެ އެ ކުދިންނަށް ބިރުދައްކާކަމުގެ ތަހުމަތުގައި ދެ މީހަކު ލ. ގަމުން ހައްޔަރުކޮށް އެ ދެމީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެ ކުދިންންގެ މަންމަ ކަމަށްވާ ޢުމުރުން 32 އަހަރުގެ ދިވެހި އަންހެނަކާއި އެކުދިންގެ ބައްޕަ ކަމަށްވާ ޢުމުރުން 36 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މިމަހުގެ އެއްވަނަ ދުވަހު ޖެންޑަރ މިނިސްޓްރީގެ ފަރާތުން ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ކަމަށާއި މި މައްސަލަ ލ. ގަން ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެ ދެމަފިރިން ބިރު ދެއްކީ އެ ދެމަފިރީންގެ ހަތަރު ކުދިންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް