މޫސުން ގޯސްވުމާއި ގުޅިގެން އެމްޓީސީސީގެ އާރްޓީއެލް ޚިދުމަތްތަކަށް ބަދަލުތަކެއް!

ރާއްޖެއަށް ކުރަމުންދާ ބޯ ވިއްސާރައިގެ ސަބަބުން އެމްޓީސީސީގެ އާރްޓީއެލް ބަސް އަދި ފެރީގެ ޚިދުމަތްތަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ. އެމްޓީސީސީން ބުނީ، ރާއްޖެއަށް ކުރަމުންދ...

03 Jan 2025 | 17:41

ރާއްޖެއަށް ކުރަމުންދާ ބޯ ވިއްސާރައިގެ ސަބަބުން އެމްޓީސީސީގެ އާރްޓީއެލް ބަސް އަދި ފެރީގެ ޚިދުމަތްތަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މާލެގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާތީ، އާރްޓީއެލް ބާހުގެ ޚިދުމަތުގައި ހިމެނޭޭ އާރް1، އާރް،3 އަދި އާރް7، ގެ ދައުރުތައް ފަށާ އަދި ނިމޭ ސްޓޮޕް ވަގުތީ ގޮތުން ވަނީް މާފަންނު ބަަސް ޓާމިނަލްއަށް ބަދަލުކޮށްފައި ކަމަށެވެ.

އަދި އާރް10، އާރް11، އަދި އާރް12 ގެ ދަތުރުތައް ވަގުތީގޮތުން ހުއްޓާލާފައިވާކަމަށް ވެސް މިއަދު އެމްޓީސީސީން އާއްމުކުރި އިއުލާނެއްގައި ވެއެވެ.

މީގެއިތުރުން އެމްޓީސީސީން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން އެ ކުންފުން ފޯރުކޮށްދޭ ބަހާއި ފެރީ ޚިދުމަތްތަަކުގައި ލަސްތަކެއް އުޅުމަކީ އެކަށީގެންވާކަމެއް ކަމަށާއި ބައެއް ރޫޓުތައް ވަގުތީގޮތުން ސަސްޕެންޑްކުރުން ނުވަތަ ކެންސަލްކުރުމަކީވެސް އެކަށީގެންވާކަމެއް ކަމުގައި އެ އިއުލާނުގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް