އެހީތެރިކަމަށް އެދި މާލެއިން 400 އަށްވުރެ ގިނަ ކޯލު ލިބުނު: އެންޑީއެމްއޭ

ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާއިރު އެހީތެރިކަމަށްއެދި 400 އަށްވުރެ ގިނަ ފޯނު ކޯލު ލިބުނު ކަމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ. އެންޑީއެމްއޭއިން ބުނެފައިވަ...

03 Jan 2025 | 17:36

ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާއިރު އެހީތެރިކަމަށްއެދި 400 އަށްވުރެ ގިނަ ފޯނު ކޯލު ލިބުނު ކަމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭއިން ބުނެފައިވަނީ މާލޭގައި ފެންބޮޑުވުމާއި ގުޅިގެން ވެލިބަސްތާ ޖެހުމަށާއި އެކި ގޮތްގޮތުން އެހީތެރިކަން ބޭނުންވެގެން 400 އަށްވުރެ ގިނަ ކޯލު ލިބިފައިވާއިރު ރެޕިޑް އެސެސްމަންޓް ހެދުމަށްފަހު ބޮޑަށް އެހީތެރިކަން ބޭނުންވާ 35 ގެއެއްގެ މީހުންނަށް އެހީވުމާއި އެހެން ތަންތަނަށް ބަދަލުކުރަންޖެހޭ މީހުން ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ވިސާރައިގާ މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ ގެއްލުން ލިބެމުންދާތީ މާލޭ ސިޓީ ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސާވިސްއިން ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުން އަންނަކަމުގައިވެސް އެންޑީއެމްއޭ އިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް