މަގުމައްޗަށް ކުނި ނުނެރުމަށް ވެމްކޯއިން އިލްތިމާސްކޮށްފިއެވެ.
ވެމްކޯއިން ބުނީ ކުނި ނެގުމަށް ގޭގެއަށް ދާ މުވައްޒަފުންނަށް ފަސޭހައިނން ކުނި ނެގޭނެ ގޮތަށް ބެހެއްޓުމަށާއި މަގުމައްޗަށް ކުނި ނުނެރެ ބެހެއްޓުމަށް އިލްތިމާސްކުރާ ކަމަށެވެ.އަދި އެއްވެސް ގޭބީސީއަކުން ކުނި ނެގެންދެވި ހުރި ނަމަވެސް މަގުމައްޗަށް ކުނި ނެރުމުގެ ބަދަލު1666 އަށް ގުޅައިގެން އެ މައްސަލައެއް ހައްލުކުރުމަށް ވެމްކޯއިން އެދިފައިވެއެވެ.
ވެމްކޯއިން މިއަދު ނެރުނު އިއުލާނުގައި ބުނީ ޓްރާސްފަރ ސްޓޭޝަންތަކުން ޚިދުމަތް ހޯދާއިރު އެންމެހާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ވެމްކޯގެ މުވައްޒަފުންގެ އިރުޝާދުތަކަށް މާލުވުމަށް އެދިފައެވެ.
މިދުވަސްވަރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރާއިގައި މާލެއަށް ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ.
މި މައްސަލަތައް ހައްލު ކުރުމަށް ކަމާ ގުޅުން ހުރި އިދާރާތަކުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިކަމުގައި އާއްމުންގެ އެއްބާރުލުން އެ ފަރާތްތަކަށް ދިނުމަށް އެ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް