ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގައި ބައެއް ރަށްރަށަށް އަރަމުން އަންނަ އުދައިފައި ރަށްރަށުގައި ފެންބޮޑުވެދާނެ ކަމަށް ބަލާ މެޓުން ވަނީ އޮރެންޖު އިންޒާރު ނެރެފައެވެ.
މިއަދު މެޓުން ފުރަތަމަ އޮރެންޖު އިންޒާރު ނެރެފައިވަނީ03:00 އިން07:00 އާއި ހަމައަށް ބ އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. މެޓުން މިރޭ ވަނީ އޮރެންޖު އިންޒާރު މިރޭ11:00 އާއި ހަމައަށް ދިގުދަންމާލާފައެވެ.
މެޓުން ވަނީ ބޯކޮށް ވާރޭވެހި ގުގުރާނެެ ކަމަށްށާއި ފެންބޮޑުވާނެ ކަމަށް ލަފާކޮށްފައެވެ.
އެގޮތުން ޑިޒާސްޓަރ މެނޭޖުމަންޓު އޮތޯރިޓީން ބުނީ، ބޯ ވާރެޔާއި އުދައިގެ ސަބަބުން ހަ ރަށެއްގައި ފެން ބޮޑުވެފައިވާކަމުގެ ރިޕޯޓު ލިބިފައިވާކަމަށެވެެ.
އެގޮތުން އުދަ އެރުމުގެ ސަބަބުން ށ.ނަރުދޫ، ރ. އިނގުރައިދޫ އަދި ވާރެވެހުމުގެ ސަބަބުން ދ. ކުޑަހުވަދޫ، ދ.މީދޫ، ފ.ނިލަންދޫ އަދި ފ.މަގޫދޫގައި ފެންބޮޑުވެފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
މީގެއިތުރުން ވެރިރަށް މާލެއަށް ވެސް ވަނީ ބޯކޮށް ވާރޭވެހުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ ބައެއް ގޭގެއަށް ފެން ވަދެ ގެއްލުން ތަކެއް ލިބިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް