ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވެރިންގެ ވައްޓާލުމަށް ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން އިންޑިއާ މަޝްވަރާތަކެއް ކުރި ކަމަށް ބުނެ އެމެރިކާގެ ވޮޝީންޓަން ނަމަކަށް ކިޔާ ނޫހުގައި ލިޔެފައިވަނީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް އިންޑިއާއިން ބުނެފިއެވެ.
އިންޑިއާއިން ބުނީ ވޮޝިންޓަން ޕޯސްޓަކީ ވެސް އަދި އެ ނޫހުގައި އެ ލިޔުން ލިޔުނު ނޫސްވެރިޔާއަކީ ވެސް އިންޑިއާއާ މެދު އަދާވާތްތެރިކަމެއް ގެންގުޅޭ މީހެއް ކަމަށެވެ. ވޮޝިންޓަން ނޫހުގައި ވާގޮތުގައި އެމްޑީޕީން ރައީސް މުއިއްޒުގެ ވެރިކަން ވައްޓާލުމަށް އިންޑިއާގެ ޖާސޫސީ އިދާރާ، ރޯއަށް "ޑިމޮކްރެޓިކް ރިނިވަލް އިނީޝިއޭޓިވް" ގެ ނަމުގައި އިދިކޮޅު އެމްޑީޕީން ކަރުދާހެއް ހުށަހެޅި ކަމަށް ވެއެވެ. އަދި ވެރިކަން ވައްޓާލުމަށް ބޭނުންވަނީ ހަ މިލިއަން ޑޮލަރު ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.
މި ތުހުމަތުތަކާއި ގުޅިގެން މިއަދު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުދެއްވަމުން ޖައިސްވާލް ވިދާޅުވީ އެއީ ސައްހަ ލިޔުމެއް ނޫން ކަމަށެވެ. އަދި އެއީ އިތުބާރުކުރެވޭ ބައެއްތޯ ނިންމުމަކީ އެމީހެއްގެ ކަމެއް ކަމަށާއި، އިންޑިއާއިން ދެކޭ ގޮތުގައި އެއީ އިތުބާރު ހިފޭ ބައެއް ނޫން ކަމަށް އެބޭފުޅާ ބުނެފައިވެއެވެ.
ވެރިކަން ވައްޓާލުމަށް މެދުވެރިއެއްގެ ރޯލގައިު އިންޑިއާގެ ބަޔަކާއެކީ މަޝްވަރާތަކެއްކޮށްފައިވާ ކަމުގެ ތުހުމަތު ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު ހުސައިން ޝަހީމް (އަދުން ހުސެއިން) އާއި ކެދިކުޅުދޫގެ ކުރީގެ މެންބަރު އަހުމަދު އީސައަށް ކޮށްފައިވެއެވެ.
މި ތުހުމަތާއި ގުޅިގެން ރައީސް ނަޝީދުވެސް ވަނީ އިންޑިއާއިން މިފަދަ ކަމެއްގައި އެއްބާރުލުން ނުދޭނެ ކަމަށް ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް