މާލޭގެ މަގުތަކުގައި ފެންބޮޑުވެ ގޭގެއަށް ފެންވަންނާތީ ބަރު އުޅަނދު ނުދުއްވުމަށް ދިވެހި ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ދެންމެ ބުނެފައިވަނީ ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ ބައެއް ގޭގެއަށް ފެން ވަނުމުގެ ހާދިސާތައް ހިނގަމުންދާތީ، މަގުތަކުން ފެން ހިނދި އާންމު ހާލަތަކަށް މަގުތައް އަންނަންދެން، ބަރު އުޅަނދު މާލޭގެ މަގުތަކުގައި ނުދުއްވުމަށާއި ހަތަރު ފުރޮޅުލީ އުޅަނދު ޒަރޫރީ ބޭނުންތަކުގައި މެނުވީ ނުދުއްވުމަށް ދަންނަވާކަމަށެވެ.
ބޯކޮށް ވާރޭވެހި މާލެއާއި ރާއްޖޭގެ ބައެއް ރަށްރަށުގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް