މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައާއި ބައެއް ރަށްރަށަށް އަރަމުން އަންނަ އުދައިގާ ބައެއް ރަށްރަށުގައި ފެންބޮޑުވެދާނެކަމަށް ބަލައި މެޓުން އޮރެންޖު އިންޒާރު ނެރެފިއެވެ.
މިއީ މިފަހަރު މޫސުން ގޯސްވިފަހުން މެޓުން އޮރެންޖު އިންޒާރު ނެރުނު ފުރަތަމަ ފަހަރެވެ.
މިއަދު 03:00 އިން މިރޭ 07:00 އާއި ދެމެދަށް ދެމިގެންދާނެ މި އޮރެންޖު އިންޒާރު ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.
މި އޮރެންޖު އިންޒާރުގައި ބުނެފައިވަނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެކަމަށް ލަފާކުރެވޭކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް