ބޯ ވާރެޔާއި އުދައިގެ ސަބަބުން ހަ ރަށެއްގައި ފެން ބޮޑުވެފައިވާކަމުގެ ރިޕޯޓު ލިބިފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (ޑިޒާސްޓަރ) އިން ބުނެފިއެވެ.
އެގޮތުން ޑިޒާސްޓަރއިން ބުނެފައިވަނީ އުދަ އެރުމުގެ ސަބަބުން ށ. ނަރުދޫ، ރ. އިނގުރައިދޫ އަދި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ދ. ކުޑަހުވަދޫ، ދ.މީދޫ، ފ. ނިލަންދޫ އަދި ފ. މަގޫދޫގައި ފެންބޮޑުވެފައިވާކަމުގެ ރިޕޯޓް ލިބިފައިވާކަމަށެވެ.
ބައެއް ރަށްރަށުގެ ފެން ހިއްކުމުގެ މަސައްކަތް ސިފައިން ކުރަމުން އަންނަކަމަށާއި އަދި އެއްވެސް ހާދިސާއެއްގައި ބޯހިޔާވަހިކަން ގެއްލި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހިފައިނުވާކަން ޑިޒާސްޓަރ އިން ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް