ރާއްޖެއަށް މިއަދު އިރުވައި މޫސުން ފެށިއްޖެކަން އިއުލާނުކޮށްފި – މެޓުން ބުނީ މިފަހަރު އިރުވައި މޫސުން މި ފެށުނީ ލަހުން ކަމަށް

ރާއްޖެއަށް މިއަދު އިރުވައި މޫސުން ފެށިއްޖެކަން މެޓުން އިއުލާނުކޮށްފިއެވެ. މޯލްޑިވްސް މީޓިއޮރޮޖިކަލް ސާވިސް އިން މިއަދު އެކަން އިއުލާނުކުރަމުން ބުނެފައިވަނީ އާއްމުކޮށް އިރުވައި މޫސުން ފެށޭ ދުވަސްވަރަށް...

03 Jan 2025 | 09:24

ރާއްޖެއަށް މިއަދު އިރުވައި މޫސުން ފެށިއްޖެކަން މެޓުން އިއުލާނުކޮށްފިއެވެ.

މޯލްޑިވްސް މީޓިއޮރޮޖިކަލް ސާވިސް އިން މިއަދު އެކަން އިއުލާނުކުރަމުން ބުނެފައިވަނީ އާއްމުކޮށް އިރުވައި މޫސުން ފެށޭ ދުވަސްވަރަށްވުރެ މި ފަހަރުގެ އިރުވައިމޫސުން ފެށުން ލަސްވިކަން ފާހަގަކުރެވޭ ކަމަށެވެ.

ދިވެހިރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުމަކީ މީލާދީ ގޮތުން ބަލާއިރު ގާތްގަނޑަކަށް ޖަނަވަރީ މަހުން ފެށިގެން މާރިޗުމަހުގެ ނިޔަލަށެވެ.  ހުޅަނގު މޫސުމަކީ މޭ މަހުން ފެށިގެން ގާތްގަނޑަކަށް ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

އިރުވައި މޫސުން ފެށި އޭގެ އަސަރުތައް އާއްމު ގޮތެއްގައި ޑިސެމްބަރުމަހުގެ ދެވަނަ ނުވަތަ ތިންވަނަ ހަފްތާގައި އުތުރާއި މެދުރައްޖޭގެ އަތޮޅުތަކަށް ފަށާ، އަދި ޖަނަވަރީ މަހުގެ ތެރޭގައި މުޅި ރާއްޖެއަށް އިރުވައި މޫސުން ފެށިގެންދެއެވެ.

މެޓުން މިއަދު ބުނެފައިވާގޮތުގައި އިރުވައި މޫސުން ފެށުނުކަމަށް ބަލާ މިންގަނޑަކީ ވައިގެ މިސްރާބު އިރުމަތިން ހުރެފައި، ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރުމިނުގައި ވައިޖެހުން، އަދި މިހާލަތު ވިދިވިދިގެން ދެ ދުވަހަށް ނުވަތަ އިތުރަށް ދެމިގެންދިއުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް