ގުޑުގުޑާ ދޫނި މި އަހަރުވެސް ކުޅުދުއްފުށީ ކުޅިއަށް

ގުޑުގުޑާ ދޫނިތަކެއް މިއަދުވެސް ކުޅުދުއްފުށި ސިޓީ ކުޅިއަށް ޒިޔާރަތްކޮށްފިއެވެ. މިއަދު ހެނދުނު އެ ކުޅީގައި އުޅެމުންދިޔަ ގުޑުގުޑާ ދޫނީގެ ފޮޓޯތައް، އެ ރަށަށް ނިސްބަތްވާ ފޮޓޯގްރާފަރު ޖައުފަރު އަލީ ނަގާފައި...

03 Jan 2025 | 06:28

ގުޑުގުޑާ ދޫނިތަކެއް މިއަދުވެސް ކުޅުދުއްފުށި ސިޓީ ކުޅިއަށް ޒިޔާރަތްކޮށްފިއެވެ.

މިއަދު ހެނދުނު އެ ކުޅީގައި އުޅެމުންދިޔަ ގުޑުގުޑާ ދޫނީގެ ފޮޓޯތައް، އެ ރަށަށް ނިސްބަތްވާ ފޮޓޯގްރާފަރު ޖައުފަރު އަލީ ނަގާފައިވެއެވެ.

ދުވަހަށް މައުލޫމާތުދެމުން ޖައުފަރު ބުނީ އެއީ މިއަދު ހެނދުނު ނަގާފައިވާ ފޮޓޯތަކެއް ކަމަށެވެ.

ފާއިތުވި ތިން އަހަރުވެސް ގުޑުގުޑާ ދޫނި އެ ރަށުގެ ކުޅިއަށް ޒިޔާރަތްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް