ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު

ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށް މެޓުން ރީނދޫ ސަމާލެއް ނެރެފިއެވެ. މި ސަމާލު ނެރެފައިވަނީ ރ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. މި ސަމާލު ހިނގާނެ ވަގުތަކީ ހެނދުނު 06:00 އިން ...

03 Jan 2025 | 01:38

ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށް މެޓުން ރީނދޫ ސަމާލެއް ނެރެފިއެވެ.

މި ސަމާލު ނެރެފައިވަނީ ރ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. މި ސަމާލު ހިނގާނެ ވަގުތަކީ ހެނދުނު 06:00 އިން ހެނދުނު 10:00 އަށް ކަމުގައި ބުނެފައިވެއެވެ.

ރީނދޫ މި ސަމާލުގައި މެޓުން ބުނެފައިވަނީ ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް