ދުވަހުގެ މޫސުން: މިއަދަކީވެސް މޫސުން ގޯސް ދުވަހެއް – މެޓުގެ ދެ އިލްތިމާސެއް

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދަކީވެސް މޫސުން ގޯސް ދުވަހެއްކަމުގައި މެޓުން ބުނެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ އިރު އޮއްސުމާއިހަމައަށް ލަފާކޮށް...

03 Jan 2025 | 01:22

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދަކީވެސް މޫސުން ގޯސް ދުވަހެއްކަމުގައި މެޓުން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ އިރު އޮއްސުމާއިހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.

މެޓުގެ މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި މިއަދު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެއެވެ. ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ.

"ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވޭ" މެޓުން ބުނެފައިވެއެވެ.

މިއަދު ކަނޑުތަކަށް ބަލައިލާއިރު ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި އަދި އެހެން ހިސާބުތަކުގައި އާންމުގޮތެއްގައި ގަދަވާނެކަމަށް މެޓުން ބުނެފައިވެއެވެ.

ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކޮށްފައިވަނީ ދެކުނުގައި ދެ ފޫޓާއި ފަސް ފޫޓާއި ދެމެދު އަދި އުތުރާއި މެދުރާއްޖޭގައި ހަތަރު ފޫޓާއި ހަތް ފޫޓާއި ދެމެދުގައެވެ.

ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުތުރާއި މެދުރާއްޖޭގެ ބައެއް ރަށްރަށަށް އުދަ އެރުން އެކަށީގެންވާތީ އެކަންކަމަށް ސަމާލުވުމަށް މެޓުން މިއަދު އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް