ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވެފައިވުމުން ފެން ހިންދުމުގެ މަސައްކަތް ސިފައިން ކުރަމުން އެބަގެންދެއެވެ.
އެމްއެންޑީއެފް އިން މެންދަމު 02:45 ހާއިރު ބުނެފައިވަނީ ބޯކޮށް ވާރޭވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސްގެ ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެގޮތުން ތިން ސަރަހައްދެއްގައި ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް