އެމްޑީޕީ ޓިކެޓުގައި މަޖިލީހަށް ވާދަކުރަން އެއް ކެނޑިޑޭޓު ކުރިމަތިލި ދާއިރާތަކަށް ޓިކެޓު ކަށަވަރު ވެއްޖެ

މިއަހަރު  ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ މެމްބަރުންނަށް ޝައުޤުވެރިކަންފާޅުކުރުމުގެ ފުރު...

03 Jan 2024 | 13:28

މިއަހަރު  ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ މެމްބަރުންނަށް ޝައުޤުވެރިކަންފާޅުކުރުމުގެ ފުރުޞަތުގައި، އެއް ކެންޑިޑޭޓަކު ކުރިމަތިލާފައިވާ ދާއިރާތަކަށް ޕްރައިމަރީއަކާއި ނުލާ ޕާޓީ ޓިކެޓް ކަށަވަރުވެއްޖެއެވެ.

އެ ޕާޓީ އިން މިއަދު ވަނީ ޕްރައިމަރީއަކާ ނުލާ އެމްޑީޕީ ޓިކެޓު ކަށަވަރުވި މެމްބަރުންގެ ލިސްޓު އާންމުކޮށްފައެވެ. އެގޮތުން ޖުމްލަ 36 ދާއިރާއަކުން މެމްބަރުންނަށް އެމްޑީޕީ ޓިކެޓް ވަނީ ކަށަވަރުވެފައެވެ.

އެމްޑީޕީ އިން ބުނީ އެއް ކެންޑިޑޭޓަކަށްވުރެން ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވާ ދާއިރާތައް ޤައުމީ މަޖިލީހުން ނިންމުމާއި އެއްގޮތަށް އެކަށައެޅިފައިވާ ވިލަރެސް ކޮމެޓީއިން ނިންމާ ގޮތެއް ފަހުގެ ތާރީހެއްގައި އިއުލާންކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް