ޤައުމީ ބިލްޑް އެކްސްޕޯގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު!

ނެޝަނަލް ބިލްޑް އެކްސްޕޯ 2024ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފިއެވެ. މި އެކްސްޕޯއަކީ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމް.އެން.އޭ.ސީ.އައި) އާއި މީޑިއަމް އި...

03 Jan 2024 | 11:36

ނެޝަނަލް ބިލްޑް އެކްސްޕޯ 2024ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފިއެވެ.

މި އެކްސްޕޯއަކީ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމް.އެން.އޭ.ސީ.އައި) އާއި މީޑިއަމް އިވެންޓްސް ޕްރައިވެޓް ލިމިޓެޑާ ގުޅިގެން ބާއްވާ އިވެންޓެކެވެ. މި އެކްސްޕޯގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތަށް އަލިއަޅުވާލާއި އެ ސިނާއަތުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުގެ އުފެއްދުންތަކާއި ޚިދުމަތްތައް ހިއްސާކުރެވޭނެ ފަދަ ޕްލެޓްފޯމެއް ފޯރުކޮށްދިނުމެވެ.

ނޭޝަނަލް ބިލްޑް އެކްސްޕޯ 2024 ބޭއްވުމަށް ހަމަޖެހިފައިވަނީ 11 އިން 14 ޖަނަވަރީ 2024ގެ ނިޔަލަށް، ހުޅުމާލެ ސެންޓްރަލް ޕާކްގައެވެ. މިއީ މި އިވެންޓްގެ ތިންވަނަ އެޑިޝަނެވެ.

ދިރާގުން ބުނީ އިމާރަތްކުރުމުގެ ސިނާއަތުގެ 70 އަށް ވުރެ ގިނަ އެގްޒިބިޓަރުން އެފަރާތްތަކުގެ އުފެއްދުންތަކާއި ހިދުމަތްތައް އެކްސްޕޯގައި ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އިމާރާތްކުރުމާއި ގުޅުންހުރި ތަފާތު ތަކެއްޗާއި ބޮޑެތި މެޝިނަރީ ހިމެނެއެވެ. އަދި މި އެކްސްޕޯ މެދުވެރިކޮށް ރާއްޖޭގެ އިމާރާތްކުރުމާއި އުމްރާނީ ތަރައްގީއާ ގުޅޭ ގޮތުން މި ސިނާއަތުގެ މުހިންމު ފަރާތްތަކާއި ސްޓޭކްހޯލްޑަރުންނާ ބައްދަލުކޮށް، ނެޓްވޯކްކޮށް، ހިޔާލު ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.

ދިރާގުން ދަނީ ދިވެހިރާއްޖޭގެ އެކި ދާއިރާތަށް އިތުރަށް ތަރައްޤީކޮށް، ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މުސްތަގުބަލު މުއްސަނދިކުރުމަށް އެހީތެރިވެދޭ އިވެންޓްތަކަށާއި އިނީޝިއޭޓިވްތަކަށް އެއްބާރުލުންދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް