މާލޭގެ މޭޔަރުކަމަށް އެންމެ އެކަށީގެންވަނީ ކުރީގެ ސީޕީ ވަހީދު: ޑރ ޖަމީލް

މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން އެ މަގާމަށް އެންމެ އެކަށީގެންވަނީ ކުރީގެ ޕޮލިސް ކޮމިޝަނަރ ހުސެއިން ވަހީދުކަމަށް ކުރީގެ ނައިބު ރައީސް ޑރ މުޙައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ...

03 Jan 2024 | 11:28

މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން އެ މަގާމަށް އެންމެ އެކަށީގެންވަނީ ކުރީގެ ޕޮލިސް ކޮމިޝަނަރ ހުސެއިން ވަހީދުކަމަށް ކުރީގެ ނައިބު ރައީސް ޑރ މުޙައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުސެއިން ވަހީދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފުރިހަމަ އިތުބާރު ލިބިފައިވާ ބޭފުޅެއް ކަމަށާއި ފާއިތުވި ފަސް އަހަރުވެސް ދެގޮތެއް ނުވެ ސާބިތުކަމާއެކު ރައީސް ޔާމީނާއެކު ހުސެއިން ވަހީދު ހުންނެވި ކަމަށެވެ.

"އެއީ ސުން ސިކުންތުގައި ކާމިޔާބު ފެނުމުން މި ފިކުރަށް ގުޅުނު ފަރާތެއް ނޫން. އެއީ ފާއިތުވި 5 އަހަރު ސިޔާސީ މަސައްކަތުން ރެކުނު ފަރާތެއް ނޫން." ޑރ ޖަމީލް އެކްސްގައި ވިދާޅުވިއެވެ.

ޑރ ޖަމީލް ވިދާޅުވީ ހުސެއިން ވަހީދަކީ މޭޔަރުގެ މަގާމާއި އޮފީހުން ރައްޔިތުންނަށް ހިދުމަތް ކަށަވަރުކޮށްދޭނެ ފަރާތެއް ކަމަށެވެ. މޭޔަރުކަމުގެ މަގާމާއި އޮފީހަކީ ތިމާގެ ޒާތީ މުހުތާޖާއި އާމްދަނީގެ ޒަރީއަތަކަށް ހަދާނެ ފަރާތަކަށް ހުސެއިން ވަހީދު ނުވާނެ ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.

ހުސެއިން ވަހީދު މިހާރު ހުންނެވީ ޗެނަލް 13ގެ ސީއީއޯގެ މަގާމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް