މާލެއާއި ވިލިމާލެއާއި ދެމެދު ސީ އެމްބިއުލާންސްގެ ހިދުމަތް ފަށައިފި

މާލެއާއި ވިލިމާލެއާއި ދެމެދު ސީ އެމްބިއުލާންސްގެ ހިދުމަތް ފަށައިފިއެވެ. މި ހިދުމަތް ލޯންޗުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ އަބްދުﷲ ހަލީލްއާއި ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު ...

03 Jan 2024 | 10:24

މާލެއާއި ވިލިމާލެއާއި ދެމެދު ސީ އެމްބިއުލާންސްގެ ހިދުމަތް ފަށައިފިއެވެ.

މި ހިދުމަތް ލޯންޗުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ އަބްދުﷲ ހަލީލްއާއި ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ ޗީފް އެގްޒެކްޓިވް އޮފިސަރު އިބްރާހިމް އަބްދުއްރައްޒާގު ހަލީމްވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރ ހަލީލް ވިދާޅުވީ ވިލިމާލެއިން މާލެއަށް ބަލި މީހުން އުފުލުމުގައި ދަތިތައް ދިމާވާކަމުގެ ޝަކުވާ ވިލިމާލެ ރައްޔިތުންގެ ފަރާތުން ލިބުނު ކަމަށެވެ. އަދި މާލެއާއި ވިލިމާލެ ބްރިޖް ނިމުމުގެ ކުރިންވެސް މި ހިދުމަތް ފެށުމަކީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ބޮޑު ލުޔަކަށް ވެގެންދާނެ ކަމަށް ހަލީލް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ ހިދުމަތް އިތުރަށް ފުޅާކުރުމަށްޓަކާ އިތުރު މެޑިކަލް ވަސީލަތްތަކެއް ހަރުކުރަން ޖެހިއްޖެނަމަ އެކަންވެސް ކުރާނެކަމަށެވެ.

ސީ އެމްބިއުލާންސް ބޭއްވުމަށް މާލެ ފަޅުން ޖާގައެއް ވަނީ ހަމަޖައްސާފައެވެ. ސީ އެމްބިއުލަންސް ބާއްވަން ނިންމާފައިވަނީ ވިލިމާލެ ހޮސްޕިޓަލާއި އައިޖީއެމްއެޗްގެ ބެލުމުގެ ދަށުންނެވެ.

ވިލިމާލެ ހޮސްޕިޓަލްގެ ވަސީލަތްތައް އިތުރުކޮށް، ހިދުމަތްތައް ހަރުދަނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ވައުދެކެވެ. އެގޮތުން، ވިލިމާލޭގެ ސިއްހީ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށްޓަކާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އަޅަން ނިންމިކަން ސަރުކާރުން ވަނީ މިދިޔަ މަހު އިއުލާންކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް