އުމަރު ނަސީރު ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ތައްޔާރުވާން ފަށައިފި

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ތައްޔާރުވާން ފަށައިފިއެވެ. މިކަން ހާމަކޮށް އޭނާ ވިދާޅުވެފައިވަނީ ރިޔާސީ ކެމްޕޭން ޕްލޭން ކުރުމުގެ ފުރަތަމަ ބައްދަލުވުން...

03 Jan 2023 | 14:57

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ތައްޔާރުވާން ފަށައިފިއެވެ.

މިކަން ހާމަކޮށް އޭނާ ވިދާޅުވެފައިވަނީ ރިޔާސީ ކެމްޕޭން ޕްލޭން ކުރުމުގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވާފައިވާނެކަމަށެވެ.

ޑްރަގާއި، ގޭންގްތަކާއި ބިދޭސީ ސިފައިންގެ ނުރައްކަލުން ގައުމު ސަލާމަތްކޮށް މި ރާއްޖެ މުޅިން އާ މިސްރާބަކަށް ގެންދިއުމުގެ ދަތުރު މިވަނީ ފެށިފައިކަމުގައިވެސް މިއަދު އުމަރު ވިދާޅުވެފައިވެއެވެ.

ރިޔާސީ ކެމްޕޭނަށް އުމަރު ތައްޔާރުވާން ފަށާފައިވާއިރު މި އަހަރުގެ ރިޔާސީ އިންތިހާބަކީ ގިނަ ކެނޑިޑޭޓުންތަކަކާއެކު ވަރަށް ވާދަވެރި އިންތިހާބަކަށް ވެގެންދާނެކަމުގައި ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް