މިދިޔަ 2022 ވަނަ އަހަރުގެ އިރުވައި މޫސުން ފެށުނީ އެހެން އަހަރުތަކަށްވުރެ ލަހުން ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓު) އިން ބުނެފި އެވެ.
ރާއްޖޭގައި އިރުވައި މޫސުމަކީ މީލާދީ ގޮތުން ޖެނުއަރީ މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށެވެ. އެކަމަކު އޭގެ ކުރީ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީ ކޮޅު އަސަރު ފެންނަން ފަށައެވެ.
މެޓުން ބުނީ މިދިޔަ އަހަރުގެ އިރުވައި މޫސުމުގެ އަސަރު ފެންނަން ފެށި ޑިސެމްބަރު31 ވަނަ ދުވަހު ކަމަށެވެ. އާންމުކޮށް އިރުވައި މޫސުމުގެ އަސަރު ޑިސެމްބަރު މަހުގެ ދެވަނަ ނުވަތަ ތިން ވަނަ ހަފްތާގައި ފެންނަން ފަށާނެ އެވެ.
އިރުވައި މޫސުން ފެށުނު ކަމަށް ބަލަނީ ވައިގެ މިސްރާބުު އިރުމަތިން ހުރެފައި، ގަޑިއަކު10 ނޯޓިކަލް މޭލަށްވުރެ ބާރުމިނުގައި ވައި ޖެހުމެވެ. އަދި އެ ހާލަތުގައި ވިދިވިދިގެން ދެ ދުވަހަށް ނުވަތަ އެއަށްވުރެ ގިނަ ދުވަހަށް ދެމިގެން ދިއުމެވެ.
އެންމެ ފުރަތަމަ އިރުވައި މޫސުމުގެ އަސަރު ކުރަން ފަށާނީ އުތުރުގެ އަތޮޅުތަކަށެވެ. އޭގެ ފަހުން މެދު ރާއްޖެތެރެއަށްކޮށް މުޅި ރާއްޖެއަށް އިރުވައި މޫސުން ފެށެ އެވެ.
ރާއްޖެއަށް އަންނަނީ އިރުވައި މޫސުމާއި ހުޅަނގު މޫސުން އެކަންޏެވެ. ހުޅަނގު މޫސުމަކީ މީލާދީ ގޮތުން މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް