ރ. ދުވާފަރު ކައުންސިލް މެމްބަރުންގެ އަމިއްލަ އެކައުންޓްތަކަށް މިލިއަނުން ދައުލަތުގެ ފައިސާ ޖަމާކުރި މައްސަލައިގަ ސަސްޕެންޑު ކުރި ދެ ކައުންސިލަރަކު އަލުން ވަޒީފާއަށް ނުކުންނަށް ފަށައިފި އެވެ.
އެ ދެ ކައުންސިލަރުން ވަޒީފާއަށް ނުކުންނަވަން ފެށީ ސަސްޕެންޝަންގެ މުއްދަތު ހަމަވުމުންނެވެ. އެ މައްސަލައިގަ އެ ކައުންސިލްގެ ހުރިހާ މެމްބަރުން ސަސްޕެންޑު ކުރި އެވެ.
ބޮޑު ތުހުމަތެއް ކުރެވުމާއި ގުޅިގެން ސަސްޕެންޑު ކުރި ބަޔަކު އަލުން ވަޒީފާއަށް ނެރުހުމުގެ ހުއްދަ ދިނުމުން ގިނަ ބަޔަކު ފާޑުކިޔާފައިވެ އެވެ، އެކަމަކު އެލްޖީއޭއިން މީޑިއާގައި ބުނީ އެފަދަ މައްސަލަތަކުގައި ކައުންސިލަރުންނަށް ފިޔަވަޅެއް އެޅޭނީ ޕީޖީން މައްސަލައިގަ ދައުވާކޮށް ސާބިތުވެއްޖެ ނަމަ ކަމަށެވެ.
ކައުންސިލަރަކު މަގާމުން ވަކި ކުރުމުގެ ބާރެއް އެ އިދާރާއަކަށް ނޯވެ އެވެ. އަލުން ވަޒީފާއަށް ނުކުންނަން ފަށާފައިވަނީ އަންހެން ދެ ކައުންސިލަރެކެވެ.
ހިޔާނާތުގެ މައްސަލައިގަ އެންމެ ދިގު ސަސްޕެންޝަނެއް އައީ ރައީސަށެވެ. އެއީ ޒިންމާތަކާއި ހަވާލުވެ ހުރެ އެ ކަންކަން ނުބެލެހެއްޓުމުންނެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކޮށް އެ މައްސަލަ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ މަޝްވަރާއަށް ޕީޖީ އޮފީހަށް ފޮނުވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް