މަރެއްގެ ތުހުމަތާއެކު ތެޔޮ ބޯޓު ކައްޕި ހައްޔަރުކޮށްފި

މިދިޔަ މަހު 28 ވަނަ ދުވަހުން ފެށިގެން ހޯދަމުން ދިޔަ ތެޔޮ ބޯޓުގެ ކެޕްޓަން މުހައްމަދު ނިޒާމް ފުލުހުން ތަހުގީގު ކުރަމުންދާ މަރެއްގެ މައްސަލައެއްގައި ހައްޔަރު ކޮށްފި އެވެ. މި މައްސަލައިގަ ހިމެނޭ ތެޔޮ ބޯޓު...

03 Jan 2023 | 08:42

މިދިޔަ މަހު 28 ވަނަ ދުވަހުން ފެށިގެން ހޯދަމުން ދިޔަ ތެޔޮ ބޯޓުގެ ކެޕްޓަން މުހައްމަދު ނިޒާމް ފުލުހުން ތަހުގީގު ކުރަމުންދާ މަރެއްގެ މައްސަލައެއްގައި ހައްޔަރު ކޮށްފި އެވެ.

މި މައްސަލައިގަ ހިމެނޭ ތެޔޮ ބޯޓު ފެނުނީ މިމަހުގެ އެއް ވަނަ ދުވަހު ހުޅުލޭ ނެރު ކައިރިން އޮޔާ ދަނިކޮށެވެ. މި މައްސަލައިގަ ގެއްލިެގން ހޯދި ނިޒާމްް ފެނުނު އިރު އެ ބޯޓުގެ ފަޅުވެރިއެއް ކަމަށްވާ ބަންގްލަދޭޝްގެ އުމުރުން 35 އަހަރުގެ މުހައްމަދު ލިޓަން ކިޔާ މީހާ އަދިވެސް ނުފެނެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނިޒާމް ފެނުނީ މިއަދު މާލޭގެ ގެސްޓު ހައުސްއަކުން ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

ފަހުން ބުނީ ކޯޓު އަމުރެއްގެ ދަށުން މިހާރު ނިޒާމް ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރު ކުރީ ނިޒާމާއި ދެކޮޅަށް ތުހުމަތު ކުރެވޭ މަރެއްގެ ތަހުގީގަށް ކަމަށް ބުނެފައިވެ އެވެ.

ފުލުހުންނަށް އޭނާ ފެނުމުގެ ކުރިން އިއްޔެ ސޯޝަލް މީޑިއާގައި މީހަކުވަނީ ނިޒާމް އާއި ބައްދަލުވި ކަމަށްބުނެ އެކުގައި ނަގާފައިވާ ފޮޓޯއެއް އާންމު ކޮށްފައި އެވެ. އޭގެ ކުރިން ވިލިމާލޭ ފަޅުތެރޭގައި އަޅާފައިވާ ތެޔޮ ބޯޓުތައް ކައިރިން ދިމާވި ކެޕްޓަނަކު "ދުވަސް" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ އޭނާ ގެއްލުނު ކަމަށް ބުނާ ތާރީހުގެ ފަހުން އެ ސަރަހައްދުން ފެނުނު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް