ތ. އަތޮޅުގެ ބައެއް ރަށްތަކަށް ގޮތް ނޭނގޭ ފަތްތަކެއް ލައްގަނީ

ތ. އަތޮޅުގެ ބައެއް ރަށްތަކަށް ގޮތް ނޭނގޭ ފަތްތަކެއް ލައްގަމުން ދާ ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މައްސަލައެއް ފުރަތަމަ ހުށަހެޅި އިއްޔެގެ ވަގުތެއްގައި ކަމަށެވެ....

03 Jan 2023 | 07:17

ތ. އަތޮޅުގެ ބައެއް ރަށްތަކަށް ގޮތް ނޭނގޭ ފަތްތަކެއް ލައްގަމުން ދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މައްސަލައެއް ފުރަތަމަ ހުށަހެޅި އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އިއްޔެ މައްސަލަ ހުށަހެޅީ އެ އަތޮޅު އޮޅުފުށިފިނޮޅު ކިޔާ ފަޅުރަށެއްގެ ގޮނޑުދޮށުން ފެނިގެން ކަމަށެވެ.

ފުލުހުން ބުނީ މިއަދު އެފަދަ ފަތްތަކެއް ލައްގައިގެން ރިޕޯޓު ކުރީ ތ. ކަނޑޫދޫއިން ކަމަށެވެ. ދެ ރަށު ގޮނޑުދޮށުން ފެނިފައިވަނީ އެއް ވައްތަރެއްގެ ފަތްތަކެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

ކަނޑޫދޫ ފޭސްބުކް ކޮމިއުނިޓީ ގްރޫޕެއްގައި ވަނީ އެ ރަށަށް މިއަދު ލެއްގި ފަތްތަކުގެ ފޮޓޯތަކެއް އާންމުކޮށްފައި އެވެ. ގިނަ އަދަދެއްގެ ފަތް ހުރި އިރު އެއީ އެއް ވައްތަރެއްގެ ފަތްކަން އެނގެ އެވެ.

އަދި ފަތްތައް ބަންދުކޮށްފައި ހުރީ ބޮޑެތި ކޮތަޅަށް އަޅައި ފަތްތައް ބަރިބަރިއަކަށް އެތުރުމަށް ފަހު ހަލާކު ނުވާނެ ގޮތަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް