މިދިޔަ އަހަރު ވައްކަން ކުރުމުގެ 3970 މައްސަލައެއް ފުލުހަށް ހުށަހަޅާފައިވޭ

ވައްކަން ކުރުމުގެ 3970 މައްސަލަ މިދިޔަ އަހަރު ފުލުހަށް ހުށަހަޅާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. ކުށްތަކުގެ މައްސަލަތަކާ ބެހޭގޮތުން ފުލުހުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮ...

03 Jan 2023 | 07:02

ވައްކަން ކުރުމުގެ 3970 މައްސަލަ މިދިޔަ އަހަރު ފުލުހަށް ހުށަހަޅާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކުށްތަކުގެ މައްސަލަތަކާ ބެހޭގޮތުން ފުލުހުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެންމެ ގިނައިން ފުލުހަށް ހުށަހަޅާފައި ވަނީ ވެސް ވައްކަމުގެ މައްސަލައެވެ.

އެގޮތުން ވައްކަން ކުރުމުގެ 3970 މައްސަލަ މިދިޔަ އަހަރު ހުށަހެޅިއިރު، ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ މަގުމަތީގެ އެކްސިޑެންޓުތަކުގެ މައްސަލަތަކެވެ. އަދި މަގުމަތީ އެކްސިޑެންޓްތަކުގެ 1608 މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

ފުލުހުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މުދަލަށް ގެއްލުން ދިނުމުގެ 475 މައްސަލައާއި މަކަރާއި ހީލަތް ހެދުން 908 މައްސަލައާއި ޖިންސީ ގޯނާގެ 331 މައްސަލައާއި، އަނިޔާ ކުރުމުގެ 515 މައްސަލަ މިދިޔަ އަހަރު ހުށަހަޅާފައިވެއެވެ.

ގެވެށި އަނިޔާ 227 މައްސަލައާއި ފޭރުމުގެ 374 މައްސަލައާއި ފޯޖް ކުރުމުގެ 116 މައްސަލައާއި މަސްތުވާތަކެއްޗާ ގުޅޭ 1423 މައްސަލަ މިދިޔަ އަހަރު ހުށަހަޅާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މީގެ އިތުރުން ޗެކް ބައުންސް ވުމުގެ 15 މައްސަލައާއި އެއްޗެހި ގެއްލުމުގެ 1410 މައްސަލަ މިދިޔަ އަހަރު ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް