ނަޝީދު ކެމްޕެއިނަށް ފުވައްމުލަކަށް ވަޑައިގެންފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ފުވައްމުލަކު ސިޓީއަށް ވަޑައިގެންފި އެވެ. ޕްރައިމަރީގެ ވޯޓުލުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު އެވެ. އިންތިހާބުގައި ނަޝީދާއި...

03 Jan 2023 | 05:00

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ފުވައްމުލަކު ސިޓީއަށް ވަޑައިގެންފި އެވެ.

ޕްރައިމަރީގެ ވޯޓުލުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު އެވެ. އިންތިހާބުގައި ނަޝީދާއި ވާދަ ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ނަޝީދުގެ ކެމްޕެއިން ޓީމުން މައުލޫމާތު ދޭގޮތުގައި މި ދަތުރުފުޅުގައި އެ ސިޓީގައި ދޮރުން ދޮރަށް ކެމްޕެއިން ކުރައްވާނެ އެވެ. އަދި ބައެއް ސަރަހައްދުތަކުގައި ޖަލްސާތައް ބާއްވަވާނެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު ޕްރައިމަރީގެ ކެމްޕޭނަށް ރައީސް ނަޝީދު ވަނީ ޑިސެމްބަރު މަހު އުތުރުގެ ތިން އަތޮޅުގެ ނުވަ ރަށަކަށް ޒިޔާރަތްކުރައްވާފަ އެވެ. އަދި ރައީސް ނަޝީދު ދަނީ މާލޭގައިވެސް ކެމްޕޭން ޖަލްސާތައް ބާއްވަވަމުންނެވެ.

އެންމެ ފަހުން ރޭ މާލޭގައި ބޭއްވި ކެމްޕެއިން ޖަލްސާގައި އެމަނިކުފާނު ވަނީ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ދަފްތަރުން ވަގު ހައްދަވާކަމުގެ ތުހުމަތު ކުރައްވާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް