ހުޅުމާލޭގައި ޕާކު ކޮށްފައި އޮތް ފުލުހުންގެ ކާރެއްގައި ރޯކޮށްލައިފި އެވެ.
އެ ކާރު ޕާކު ކޮށްފައި އޮތީ އެޗްޑީސީ އިމާރާތް ހުންނަ ސަރަހައްދުުގައި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހާދިސާ ރިޕޯޓު ކުރީ ރޭ 7:40 ހާއިރު ކަމަށެވެ. މި ހަދިސާގައި މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
ކާރުގައި ރޯކޮށްލިތާ މާގިނައިރުތަކެއް ނުވަނީސް އަލިފާންގަނޑު ނިއްވާލާފައިވާތީ ކާރަށް މާބޮޑު ގެއްލުމެއް ނުވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
މައްސަލައިގެ ތުހުމަތުގައި އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.
ފުލުހުން ބުނީ މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް