މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނައިން އައީ އިންޑިއާ ޓޫރިސްޓުން

މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތް ކުރީ އިންޑިއާ ޓޫރިސްޓުން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުަކުން ދައްކައިފި އެވެ. އެ މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އިންޑި...

03 Jan 2022 | 18:09

މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތް ކުރީ އިންޑިއާ ޓޫރިސްޓުން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުަކުން ދައްކައިފި އެވެ.

އެ މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އިންޑިއާގެ290،920 ޓޫރިސްޓުން އައިސްފަވެ އެވެ. ދެ ވަނައަށް އެންމެ ގިނައިން އައި ރަޝިއާއިން220،213 ޓޫރިސްޓުން އައިސްފައިވާއިރު ޖަރުމަނުވިލާތުން94،784 ޓޫރިސްޓުން އައިސްފައިވެ އެވެ.

ދެން އެންމެ ގިނައިން އައިސްފައިވަނީ އިނގިރޭސިވިލާތުގެ ޓޫރިސްޓުންނެވެ. އެ ގައުމުން62،188 ޓޫރިސްޓުން އައިސްފަވާއިރު އެމެރިކާއިން55،565 ޓޫރިސްޓުން ޒިޔާރަް ކުރި އެވެ.

މިނިސްޓްރީގެ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެއަށް 1.3 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. އޭގެ ތެރެއިން މިދިޔަ މަހު 164،000 ޓޫރިސްޓުން އައިސްފަވެ އެވެ،

ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އެކަނި ވެސް 7،089 ޓޫރިސްޓުން ރާއްޖެ އައިއިރު، މިއީ ރިކޯޑު އަދަދެކެވެ. އެއީ ކޯވިޑް-19 އާ ގުޅިގެން ބޯޑަރުތައް ބަންދު ކުރި ފަހުން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައި ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް