ފްލައިޓު ފާހާނާގަ ވިހެއުމަށްފަހު އެތަނުގެ ޑަސްޓްބިނަށް ދަރިފުޅު އެއްލާލައިފި

އެއާ މޮރިޝަސްގެ ފްލައިޓެއްގެ ފާހާނާގެ ޑަސްޓްބިނުން ވިހެއުމަށް ފަހު އެއްލާލާފައި އޮތް ތުއްތު ކުއްޖަކު ފެނިއްޖެ އެވެ. މި ކުއްޖާ ޑަސްޓްބިންގައި އޮއްވަ ފެނުނީ ފްލައިޓު މޮރިޝަސްއަށް ޖެއްސުމުން އާންމު އުސޫލ...

03 Jan 2022 | 15:38

އެއާ މޮރިޝަސްގެ ފްލައިޓެއްގެ ފާހާނާގެ ޑަސްޓްބިނުން ވިހެއުމަށް ފަހު އެއްލާލާފައި އޮތް ތުއްތު ކުއްޖަކު ފެނިއްޖެ އެވެ.

މި ކުއްޖާ ޑަސްޓްބިންގައި އޮއްވަ ފެނުނީ ފްލައިޓު މޮރިޝަސްއަށް ޖެއްސުމުން އާންމު އުސޫލުން ފްލައިޓު ސާފު ކުރަން އެރި އެޓެންޑެންޓުންނަށެވެ. ފެނުނު އިރު ކުއްޖާ މަރު ނުވާ ކަމަށާއި ކުއްޖާ އޮތީ ހެޔޮ ހާލުގައި ކަމަށްވެ އެވެ.

މި މައްސަލައިގަ މޮރިޝަސް ފުލުހުން ވަނީ އުމުރުން 20 އަހަރުގެ މަޑަގަސްކަރައިގެ އަންހެނަކު ހައްޔަރުކޮށްފަ އެވެ. އެ ފްލައިޓު މޮރިޝަސްއަށް ދިޔައީ މަޑަކަސްގަރައިންނެވެ.

މި މައްސަލައިގަ އަންހެން މީހާ ހިފަހައްޓައި ސުވާލު ކުރުމުން އެ ކުޑަ ފިރިހެން ކުއްޖާއަކީ އޭނާގެ ދަރިއެއް ކަމަށް އަންހެން މިހާ އިންކާރު ކުރި އެވެ. އެހެންވެ އޭނާ ހައްޔަރު ކުރީ ހޮސްޕިޓަލަށް ގެންގޮސް ހެދި މެޑިކަލް ޓެސްޓުތަކަށް ފަހު އޭނާ އެ ދުވަހު ވިހޭކަން ޔަގީން ކުރުމަށް ފަހު އެވެ.

އަދި އޭނާ ވަނީ ފްލައިޓު ފާހާނާގައި ވިހޭ ކަމަށާއި ދަރިފުޅު ޑަސްޓްބިނަށް ލީކަމަށް އެއްބަސްވެފައި އެވެ.

އެ އަންހެން މީހާ މޮރިޝަސްއަށް ދިޔައީ ދެ އަހަރުގެ ވޯކް ވިސާއެއްގައި އެވެ.

މިހާރު ހޮސްޕިޓަލުގައި ދެމައިން އެޑްމިޓްކޮށްފައިވާއިރު ހޮސްޕިޓަލުން ދޫކޮށްލުމުން ފުލުހުން އޭނާ ބަންދަށް ގެންދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް