ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާދަމާ ނ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންނަވަން ހަމަޖެހިއްޖެ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ވިދާޅުވީ މާދަމާ ރައީސް އެ އަތޮޅުގެ ފަސް ރަށަކަށް ވަޑައިގެންނަވާނެ ކަމަށެވެ. މި ދަތުރުފުޅުގައި ފުރާވަޑައިގެންނަވާނީ މާދަމާ ހެނދުނު އެވެ.
ރައީސް ވަޑައިގެންނަވަން ހަމަޖެހިފައިވަނީ ނ. މަނަދޫ، ލަންދޫ، މާފަރު، މަގޫދޫ އަދި ހޮޅުދޫ އަށެވެ.
މަބްރޫކް ވިދާޅުވީ މި ދަތުރުފުޅުގައި އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ތަކާއި ބައްދަލު ކުރައްވާނެ އެވެ. އަދި ރަށްރަށުގެ މުހިންމު ތަންތަނަށް ޒިޔާރަތް ކުރައްވާނެ އެވެ.
ރައީސް އެންމެ ފަހުން އަތޮޅުތެރެއިން ވަޑައިގެންނެވީ ކ. މާފުއްޓަށެވެ. އެ ރަށަށް ވަޑައިގެންނެވީ މާފުށި ކައިރިން ހިއްކި ޕިކްނިކް އައިލެންޑު އެ ރަށު ކައުންސިލާއި ހަވާލު ކުރުމުގެ ރަސްމިއްޔާތަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް